Advertisement

ރައީސްގެ ހާއްސަ އިނާމާއި މެޑެލް 65 ފަރާތަކަށް

11 ނޮވެންބަރު 2022 - 23:50 0

ކޯހުން އެއްވަނަ ހޯދި ޒުވާނަކަށް ރައީސް އިނާމު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ހާއްސަ އިނާމާއި މެޑެލް 65 ފަރާތަކަށް

11 ނޮވެންބަރު 2022 - 23:50 0

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމާއި މެޑެލް ޖުމުލަ 65 ފަރާތަކަށް މިރޭ ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސްގެ އިނާމާއި މެޑެލް ދިނީ، ގުރުއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒަކަށާއި މަތީ ތައުލީމު ހާސިލުކުރި ކޯހުން އެންމެ މަތީ ވަނަ ހޯއްދެވި ފަރާތްތަކާއި ފަންނުވެރި މަސައްކަތްތެރި ޒުވާނަކަށް އަދި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ކެޕިޓަލް މޯޑިވްސް އަށެވެ.

މެޑެލްއާއި އިނާމު ލިބުނު ފަރާތްތައް

  1. ލެވެލް 10 ކޯސް ހާސިލުކޮށްގެން އިނާމު ލިބުނު 9 މީހުން
  2. ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ: 26 މީހުން
  3. ލެވެލް 7 ގެ ސަނަދެއް ހާސިލުކުރި: 15 މީހުން
  4. ގުރުއާން ހިތުދަސްކުރި: 13

ހުނަރުވެރި ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކޮށްގެން ރައީސްގެ އިނާމު ހާސިލުކުރީ އދ. ދަނގެތީ، އޯޝަންވިލާ، މުހައްމަދު އަކްރަމެވެ. އޭނާ ވަޒީފާ އަދާކުރަނީ އެމްޕީއެލްގަ އެވެ.

އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ރައީސްގެ އިނާމު ހޯއްދެވީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށެވެ

އިނާމާއި އެވޯޑު ލިބުނު ހާފިޒުން

  • ފާތިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ
  • ޝިފާ ބިންތު އަބްދުﷲ ހަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން
  • ހޫދު މުހައްމަދު އަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް
  • މުހައްމަދު އަނީސް ހަސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް
  • ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް
  • މުހައްމަދު ފަލާޙް ސޯލިހު، އިތާމުތްގެ، ސ. ހިތަދޫ
  • އަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ
  • ފާތިމަތު ހަސަން، ރޯޒްބޯލް، ސ. ހިތަދޫ
  • މުހައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ
  • އަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ
  • އައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
  • މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ
  • އަމަން އަހުމަދު އާތިފް، ޑޭޒީމާގެ، ބ. ހިތާދޫ

ގުރުއާން ހިތު ދަސްކޮށްގެން ހާއްސަ އިނާމު މިފަހަރު ހޯއްދެވި އެންމެ ހަގު ބޭފުޅަކިީ ވެސް އާތިފެވެ.

އިނާމު ލިބުނު ފަރާތްތަކުގެ ލިސްޓް