Advertisement

ބައި-އިލެކްޝަންތައް މަދުކުރަން ހުށަހެޅި ބިލު ބޭރުކޮށްލައިފި

7 ނޮވެންބަރު 2022 - 13:11 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ބައިިއިލެކްޝަންތައް މަދުކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްނުކުރަން މިއަދު ނިންމި


ބައި-އިލެކްޝަންތައް މަދުކުރަން ހުށަހެޅި ބިލު ބޭރުކޮށްލައިފި

7 ނޮވެންބަރު 2022 - 13:11 0

ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރުމަށް ކަމަށް ބުނެ، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވި ރިޕޯޓުގައި ލަފާދީފައި އޮތީ އެ ބިލު ފާސްނުކުރުމަށެވެ. އެހެންވެ، މިއަދުގެ ޖަލްސާގައި ވޯޓަކަށް އެހީ އެ ބިލު ފާސްކުރުމާއި މެދު ފެންނަ ގޮތެއް ބެލުމަށެވެ.

ބިލު ފާސްނުކުރަން ނިންމީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ ތެރެއިން 48 މެމްބަރެއްގެ ވޯޓުންނެވެ. ބިލު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.

ބިލު ފާސްނުކުރަން ނިންމުމުން، އަނބުރާ ކޮމިޓީއަށް ފޮނުވަން ފެނޭތޯ ވޯޓެއް ނެގުމުން އެގޮތަށް ވެސް ފާހެއް ނުވި އެވެ.

ބައިއިލެކްޝަންތައް މަދުކުރަން ހުށަހެޅި ބިލަށް މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި އަދި ކޮމިޓީ މަރުހަލާގައި ކުރި މަޝްވަރާތަކުގައި ވެސް ގިނަ މެމްބަރުން ވާހަކަ ދެއްކެވީ އިންތިހާބުތައް މަދުކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެ ބިލު ދިރާސާކުރުމަށް ފަހު ލާމަރުކަޒީ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ބުނީ އިންތިހާބުތައް މަދުކުރުމާ ބެހޭ ގޮތުން އެ ބިލުގައި ހުރި ބައިތައް އުނިކުރަން ކޮމިޓީގެ މެމްބަރުން ފާސްކުރެއްވި ކަމަށެވެ. އެހެންވެ ބިލުގެ މަގުސަދު ގެއްލިފައިވާތީ ފާސްނުކުރަން ކޮމިޓީން ލަފާދިނެވެ.