Advertisement

ޓެންޒޭނިއާގެ ޕްރިސިޝަން އެއާގެ ބޯޓެއް ފެންގަނޑަކަށް ވެއްޓިއްޖެ

7 ނޮވެންބަރު 2022 - 07:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބޯޓު ވެއްޓުނީ ލޭކް ވިކްޓޯރިއާއަށް.


ޓެންޒޭނިއާގެ ޕްރިސިޝަން އެއާގެ ބޯޓެއް ފެންގަނޑަކަށް ވެއްޓިއްޖެ

7 ނޮވެންބަރު 2022 - 07:21 0

ޓެންޒޭނިއާގައި ޕަސެންޖަރުންނާ އެކު ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓެއް ބުކޯބާ އަވަށުގެ ލޭކް ވިކްޓޯރިއާއަށް ވެއްޓި ތިން މީހުން މަރުވެއްޖެ އެވެ.

ޕްރިސިޝަން އެއާގެ ބޯޓުގައި 43 މީހުން ތިބި އިރު، 26 މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ދެ ޕައިލެޓުން ސަލާމަތްވި ނަމަވެސް، ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ތިބީ ކޮކްޕިޓުގައި ތާށިވެފަ އެވެ.

ރެސްކިއު ޓީމުތަކާއި ބުކޯބާ އަވަށުގެ މީހުން ދަނީ ބޯޓު ތެރޭގައި ތާށިވެފައި ތިބި އެންމެން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޭޓީއާރް-42 ބޯޓު ފެންގަނޑުގެ އައްސޭރިފަށާ ކައިރިއަށް ޖެއްސީ ވާގަނޑުތަކެއް ހަރުކޮށްގެންނެވެ. ބޯޓު ވެއްޓުނީ ލޭކް ވިކްޓޯރިއާއަކީ އެފްރިކާގެ އެންމެ ބޮޑު ލޭކެވެ.

ބުކޯބާ އެއާޕޯޓުގެ ރަންވޭގެ އެއްބައި އޮންނަނި އެ ލޭކުގެ އައްސޭރިފަށާ ޖެހިގެންނެވެ. ބޯޓު ވެއްޓުނީ މޫސުން ގޯސްވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރައީސް ސާމިއާ ސުލުހު ހަސަން ވަނީ އެ ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހަލުވިކޮށް ކުރިއަށް ގެންދަން އަންގަވައިފަ އެވެ.

ބޯޓު ވެއްޓުނު އިރު ދަތުރު ކުރަމުން ދާރުއްސަލާމް ސިޓީއިން ބުކޯބާ އަށެވެ. ޕްރިސިޝަން އެއާއަކީ ޓެންޒޭނިއާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ.