Advertisement

ސޮނީ ސްޕޯޓްސް ބަދަލުވެއްޖެ! ހުރިހާ ސުވާލެއްގެ ޖަވާބު މިއޮތީ

3 ނޮވެންބަރު 2022 - 08:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޗާންދަނީ މަގުގައި ކުރިން ހިންގި ސޮނީ ސްޕޯޓްސް ފިހާރަ. މިހާރު މި ފިހާރަ ވަނީ އަމީނީ މަގަށް ބަދަލުވެފައި. -- ފޮޓޯ: އަދަދު


ސޮނީ ސްޕޯޓްސް ބަދަލުވެއްޖެ! ހުރިހާ ސުވާލެއްގެ ޖަވާބު މިއޮތީ

3 ނޮވެންބަރު 2022 - 08:39 0

ތެދެކެވެ. ސޮނީ ސްޕޯޓްސް ބަދަލުވެއްޖެ އެވެ. ސޮނީ ސްޕޯޓްސްގެ ބަދަލުވީ ކޮން ކަމެއް ހެއްޔެވެ؟ ބޮޑު ސުވާލަކީ މިއީ އެވެ. ސުވާލުގެ ޖަވާބު އެބަ އޮތެވެ. ބަދަލުވީ އެތަނުގެ ކުލައެއް ނުވަތަ ނަމެއް ނޫނެވެ. ބަދަލުވީ ސޮނީ ސްޕޯޓްސް ފިހާރަ އެވެ. މިހާރު ކަސްރަތަށް ބޭނުންވާ އާލާތެއް ހޯދަންވިޔަސް ކުޅިވަރާ ބެހޭ ސާމާނެއް ހޯދަންވިޔަސް ލަސްނުކޮށް އަވަހަށް ދާންޖެހޭނީ މީރާ ކުރިމައްޗަށެވެ. ސޮނީ ސްޕޯޓްސް ބަދަލުވީ އަމީނީ މަގަށެވެ.

ދެން އޮތީ އެތަނަށް ދާންވީ ކީއްކުރަންތޯ އޮތް ސުވާލެވެ. އެ ސުވާލުގެ ޖަވާބު ލިބެން އޮތީ ފުރަތަމަ އަމިއްލަ ނަފުސާއި ސުވާލެއް ކުރިމަތި ކޮށްލައިގެންނެވެ. ސުވާލަކީ، ކަސްރަތު ކުރާނީ ގޭގައިތޯ ނުވަތަ ބޭރުގައިތޯ އެވެ. އޭގައި އޮތީ ހަމަ ބޭނުން ގޮތެކެވެ. ސޮނީ ސްޕޯޓްސް ފިހާރައިން ބޭނުންވާ ހުރިހާ ސާމާނެއް ވެސް ލިބޭނެ އެވެ. ގޭގައި ކަސްރަތު ކޮށްލަން ނަމަ، އެކަމަށް ހާއްސަ ހޯމް ޓުރެޑްމިލްތަކާއި، ޑަމްބެލްއާއި، ކަސްރަތު މެޓު އަދި ޖިމް ބޯލް ވެސް ސޮނީ ސްޕޯޓްސް ގައި އެބަހުއްޓެވެ. ކަސްރަތު ކުރަނީ ބޭރުގައި ނަމަ އަރާނެ ބޫޓުން ފެށިގެން ގޮސް، ލާނެ ސްޕޯޓްސް ވެއާ އާއި، ކުޅިވަރު ކުޅޭ ރެކެޓާއި، ބޯޅައާއި ވޮލީ ނެޓުގެ އިތުރުން ސްކިޕިން ރޯޕު ވެސް އެ ފިހާރައިން ލިބޭނެ އެވެ. އެ ފިހާރައަށް ދާން ޖެހެނީ މިހެންވެ އެވެ.

ދެން ފަހަރުގައި ހިތަށް އަރާފާނެ އެވެ. އެތަނުން ވިއްކަނީ ކޮން ކޮލިޓީއެއްގެ އެއްޗެއްސެއް ބާވައެވެ. ޖަވާބަކީ އެ ފިހާރައިން ވިއްކަނީ ނައިކީ، ޕޫމާ އަދި އެޑިޑާސް ފަދަ ދުނިޔޭގެ މަޝްހޫރު ބުރޭންޑުތަކުގެ ސާމާނެވެ. ޗާންދަނީ މަގުގައި މީގެ ކުރިން ހިންގަމުން އައި ސޮނީ ސްޕޯޓްސް އަމީނީ މަގަށް ބަދަލުވި އިރު، ހަމައެކަނި އައި ބަދަލަކީ ޗާންދަނީ މަގު ފިހާރައިން ވިއްކަމުން އައި ލީވައިސް ބުރޭންޑުގެ ސާމާނު އެ ފިހާރައިން ނުލިބޭނެ ކަމެވެ. އެކަމަކު އެއީވެސް ހާސްވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. މަޖީދީ މަގުގައި ހުންނަ ސޮނީ ފެޝަން ފިހާރަ، ރާޅުން ލީވައިސް ބުރޭންޑުގެ ސާމާނު ލިބެން ހުންނާނެ އެވެ.

އެއަށްފަހު ދެން އޮތީ ނުކޮށް ދޫކޮށްނުލެވޭނެ ސުވާލެކެވެ. އެއީ ވޯލްޑު ކަޕަށް ތައްޔާރުތޯ އެވެ؟ ހަމަޔަގީނުން ވެސް ސޮނީ ސްޕޯޓްސް އޮތީ ވޯލްޑު ކަޕަށް ތައްޔާރަށެވެ. މިއަންނަ މަހު ގަތަރުގައި ފަށާ ވޯލްޑު ކަޕުގެ ރަސްމީ ބޯޅަ، އެޑީޑާސް ރިހްލާ ޕުރޯ ބޯޅަ އާއި އޭގެ ރިހްލާ ފުޓްސަލް ބޯޅަ ވެސް ސޮނީ ސްޕޯޓްސްގައި އެބަ ހުއްޓެވެ. އޭގެއިތުރުން ވޯލްޑު ކަޕަށް ހާއްސަ ސަޕޯޓަރުންގެ ޖާޒީއާއި އެޑީޑާސް ޓާފް ބޫޓު ވެސް އެތަނުގައި އެބަހުއްޓެވެ. ވޯލްޑު ކަޕަށް ތައްޔާރުވެލަންވިޔަސް ހުރިހާ އެއްޗެއް ސޮނީ ސްޕޯޓްސް އިން ހަމަކޮށްލެވޭނެ އެވެ.

ސޮނީ ސްޕޯޓްސްގެ ބަދަލު މިވީ ޗާންދަނީ މަގުގައި ހުރި ފިހާރަ އަމީނީ މަގަށެވެ. ކޮލެޓީއަކަށް އަގަކަށް ބަދަލެއް ނާދެ އެވެ. އަނެއްކޮޅުން މިއީ ދާއިމީކޮށް އައި ބަދަލެއް ނޫނެވެ. މިއީ ވަގުތީ ބަދަލެކެވެ. ދާދި އަވަހަށް ސޮނީ ސްޕޯޓްސް އިން ކަސްޓަމަރުންނަށް ވަރަށް ހާއްސަ ސަޕްރައިޒެއް ވެސް ދޭނެ އެވެ. ކަސްޓަމަރުން ކޮށްލަން ޖެހެނީ ކުޑަކުޑަ އިންތިޒާރެކެވެ. މިހާރު ކުރާންވީ ކަމަކީ ސޮނީ ސްޕޯޓްސް ހުޅުވާފައި ހުންނަ ވަގުތު ބަލާފައި އަވަހަށް އެ ފިހާރައަށް ދާންވީ އެވެ. އެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން މެންދުރު 12 އަށް، މެންދުރު ފަހު 1 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.