Advertisement

ފަހު ވަގުތު ލެވަންޑޯސްކީ ޖެހި ލަނޑާ އެކު ބާސެލޯނާ އަށް މޮޅެއް

30 އޮކްޓޯބަރު 2022 - 10:03 0


ފަހު ވަގުތު ލެވަންޑޯސްކީ ޖެހި ލަނޑާ އެކު ބާސެލޯނާ އަށް މޮޅެއް

30 އޮކްޓޯބަރު 2022 - 10:03 0

ވެލެންސިއާ (އޮކްޓޫބަރު 30) - މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ޖެހި ލަނޑާ އެކު ސްޕެނިޝް ލަލީގާގާއި ރޭ ވެލެންސިއާ އަތުން 1-0 އިން ބާސާ ރަށުން ބޭރުގައި މޮޅުވެއްޖެ އެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގައި ލެވަންޑޯސްކީ ލަނޑު ޖެހީ ރަފީނިއާ ހުރަސްކޮށްލި ބޯޅައަކުންނެވެ. އޭރިއާތެރެއަށް ރަފީނިއާ މަތިން ހުރަސްކޮށްލި ބޯޅަ ލެވަންޑޯސްކީ ވަނީ ރަނގަޅު ތަނަށް ވަދެ، ގޯލުގެ ދުުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

މި މެޗުން މޮޅުވެ، ބާސެލޯނާ ވަނީ ތާވަލްގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެކަމަކު، ލީގުގައި މިރޭ ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް މޮޅުވެއްޖެނަމަ، ތާވަލުގެ އެއް ވަނައިގައި ރެއާލަށް އަލުން ލީޑު ލިބޭނެ އެވެ.

ބާސެލޯނާ އަށް ރޭގެ މެޗުން މި ލިބުނީ ފަސޭހަ މޮޅެއް ނޫނެވެ. މެޗުގެ ތެރޭގައި ލިބުނު އަނިޔާތަކާ ގުޅިގެން އެ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޖޫލްސް ކޫންޑޭ އާއި އެރިކް ގާސިއާ ވަނީ ބަދަލުކޮށްފަ އެވެ.

"ކުޅުނު ފުޓްބޯޅަ އަށް ބަލާއިރު މިއީ މޮޅު މެޗެކޭ ބުނެވޭނެ ޖާގައެއް ނެތް،" މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ. "އެކަމަކު، މެޗުން މޮޅުވީމަ ހިތްހަމަޖެހޭ. މިއީ ހައްގު މޮޅެއް."

މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުން ކެޓުމާ އެކު މި މެޗަށް ބާސެލޯނާ ނުކުތްއިރު އެ ޓީމަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޒަވީ ބުނީ ޗެމްޕިއަންސް ލީގުން ކެޓުމުން ޓީމަށް ކުރިމަތިވެފައި އޮތް ޕްރެޝަރުގެ އަސަރު މި މެޗުން ވެސް ފެނުނު ކަމަށެވެ.

މެޗަށް ފަހު ވެލެންސިއާގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ މެޗު ގެއްލުނީ ޓީމަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"ބާސެލޯނާ ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު މިސްޓޭކްތައް ހަދައިގެން ސަލާމަތެއްނުވާނެ،" ގަޓޫސޯ ބުންޏެވެ.

ސްޕެނިޝް ލަ ލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން ކަޑީޒް މޮޅުވީ 3-2 އިންނެވެ. އަދި ސެވިއްޔާ އަތުން ރަޔޯ ވަޔަކާނޯ މޮޅުވީ 1-0 އިންނެވެ.