Advertisement

ކަނޑުމަހުގެ ޑިއުޓީ މާފުކޮށްދޭން ރާއްޖޭން އަނެއްކާ ވެސް އީޔޫގައި އެދިއްޖެ

27 އޮކްޓޯބަރު 2022 - 17:00 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރާއްޖޭގެ މަސްވެރިންތަކެއް މަސައްކަތުގައި. ރާއްޖޭގެ ކަނޑުމަހުން ޑިއުޓީ މާފުކޮށްދޭން އީޔޫގައި އަނެއްކާވެސް ވަނީ އެދިފައި. ފައިލް ފޮޓޯ


ކަނޑުމަހުގެ ޑިއުޓީ މާފުކޮށްދޭން ރާއްޖޭން އަނެއްކާ ވެސް އީޔޫގައި އެދިއްޖެ

27 އޮކްޓޯބަރު 2022 - 17:00 0

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ މާފުކޮށްދޭން އީޔޫގައި ރާއްޖޭން އެދޭ އެދުން އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.

އީޔޫގެ ގައުމުތަކުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް، ތަރައްގީވަމުުން އަންނަ ގައުމުތަކުގެ ލިސްޓަށް 2011 ވަނަ އަހަރު ރާއްޖެ އެރުމުންނެވެ.

ޑިއުޓީ މާފުކޮށްދޭން އެދި އޭގެ ފަހުން އެކި ސަރުކާރުތަކުން އީޔޫއާ އެކު ތަކުރާރުކޮށް މަޝްވަރާތައް ކުރި ނަމަވެސް އީޔޫއިން އަންނަނީ އެކަމުގައި އެކިއެކި އުޒުރުތައް ދައްކަމުންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މާފުކޮށްދޭން ރާއްޖޭން އަނެއްކާ ވެސް އެދުނީ އިއްޔެ ބޭއްވި، "ރާއްޖެ-އީޔޫ ތިން ވަނަ ރަސްމީ ބައްދަލުވުމު"ގަ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ މަޝްވަރާތަކުގައި ރާއްޖެއާއި އީޔޫއިން އެއްބަސްވި އެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން މެދުވެރިކޮށް މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެެވެ.

މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ މާގުކުރުމާ ގުޅޭ ގޮތުން މިފަހަރު ކުރި މަޝްވަރާގެ ނަތީޖާއާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެ އެވެ.