Advertisement

ޕާކިސްތާނުގައި 'ރަހުނު' ކޮށްފައި ހުރުމަށްފަހު ރާއްޖެ އައި ޒުވާނަކު ހައްޔަރުކޮށްފި

20 އޮކްޓޯބަރު 2022 - 11:11 0

ނިމާ ހަސަން

ނިމާ ހަސަން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުން؛ މަސްތުވާތަކެތި ގެންނަން ރަހުނު ކުރި ޒުވާނަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި


ޕާކިސްތާނުގައި 'ރަހުނު' ކޮށްފައި ހުރުމަށްފަހު ރާއްޖެ އައި ޒުވާނަކު ހައްޔަރުކޮށްފި

20 އޮކްޓޯބަރު 2022 - 11:11 0

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕާކިސްތާނުގައި ރަހުނުކޮށްފައި ހުރި ކަމަށް ބުނާ ޒުވާނަކު ރާއްޖެ އައުމުން ހައްޔަރުކޮށް ބަންދުކޮށްފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމާއި، އެކަމުގައި އެހީތެރިވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބުނީ، އޭނާ ޕާކިސްތާނަށް ފޮނުވާލާފައި ވަނީ ބަޔަކު އޭނާއަށް އޮޅުވާލައިގެން ކަމަށެވެ. އަދި ޕާކިސްތާނަށް ދިއުމުން ބަޔަކު އޭނާ ކިޑްނެޕްކޮށްގެން ގެންގުޅުނު ކަމަށް ވެސް ބުނެފައިވެ އެެވެ.

އޭގެ އިތުރަށް އޭނާ ރާއްޖެ އައީ ފިލައިގެން ކަމަށް ވެސް ކޯޓުގައި ބުންޏެވެ. އ

މިދިޔަ ބުރާސްފަތި ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމުން އަނެއްކާ އިއްޔެ އިތުރު 10 ދުވަސް ޖަހާފައިވާއިރު، ވަކީލަކު އައްޔަން ކޮށްފައި ނުވާތީ އޭނާގެ ބަޔާން ނެގޭ ގޮތް ވެސް ވަނީ ނުވެފަ އެވެ. އަމިއްލައަށް ވަކީލަކު އައްޔަން ކުރަން އެދުމުން އެ ފުރުސަތު ދިނުމަށްފަހު އިއްޔެ ކޯޓަށް ދިއުމުން އޭނާ ވަނީ ދައުލަތުން ވަކީލަކު ހަމަޖައްސައި ދިނުމަށް އެދިފަ އެވެ.

ރާއްޖެއަށް ގިނަ އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރާއިރު، އިންސާނުން 'ގެރެންޓާ' އެއްގެ ބޭނުންކޮށް އުޅެ އެވެ. އެގޮތުން، މަސްތުވާތަކެއްޗަށްވާ ފައިސާ ލިބެންދެން، ގެރެންޓާއެއްގެ ގޮތުގައި ދާ މީހަކު ހުންނަނީ މަސްތުވާތަކެތި ވިއްކާ މީހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި ފައިސާ ލަސްވާނަމަ އެ ގެރެންޓާއަށް އަނިޔާކޮށް ހަދަ އެވެ.