Advertisement

ޓިކްޓޮކްގައި ކުޑަކުދިން ލައިވްސްޓްރީމް ކުރުން މަނާކުރަނީ

20 އޮކްޓޯބަރު 2022 - 08:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓިކްޓޮކްއިން ނިންމީ ނޮވެމްބަރު މަހުން ފެށިގެން 18 އަހަރުން ދަށުގެ ކުދިން ލައިވްސްޓްރީމް ކުރުން ހުއްޓުވުމަށް.


ޓިކްޓޮކްގައި ކުޑަކުދިން ލައިވްސްޓްރީމް ކުރުން މަނާކުރަނީ

20 އޮކްޓޯބަރު 2022 - 08:13 0

ޓިކްޓޮކްގައި ލައިވްސްޓްރީމް ކުރެވޭ މީހުންގެ އުމުރު 16 އަހަރުން 18 އަހަރަށް އަންނަ މަހުން ފެށިގެން މަތިކުރަން ނިންމައިފި އެވެ.

ބީބީސީއިން ދާދި ފަހުން ހެދި ތަހުގީގަކުން އެނގުނު ގޮތުގައި ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުން އެތައް ސަތޭކަ އެކައުންޓު ޓިކްޓޮކްގައި ލައިވް ސްޓްރީމްކޮށް ސަލާން ޖަހަމުންދެ އެވެ. އެ ލައިވް ސްޓްރީމްތަކުގައި ކުޑަކުދިން ވެސް ދައްކަ އެވެ.

ބައެއް ލައިވް ސްޓްރީމްތަކަށް ގަޑިއިރެއްގެ ތެރޭގައި ހާހެއްހާ ޑޮލަރު ލިބެ އެވެ. އެކަމަކު ލައިވް ސްޓްރީމްކުރާ މީހުންނަށް ލިބެނީ ފައިސާގެ ކުޑަ މިންވަރެކެވެ. ޖުމްލަ އަދަދުގެ 70 ޕަސެންޓު ނަގަނީ ޓިކްޓޮކުންނެވެ.

ޓިކްޓޮކުން ބުނީ ކުރިއަށް އޮތް ތަނުގައި ވާޗުއަލް ހަދިޔާ ނުވަތަ ފައިސާއާ ގުޅޭ ފީޗާތަކަށް އެކްސެސްވެވޭނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ލައިވް ސްޓްރީމްތަކުގައި ދެއްކޭނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުން ކަމަށް ކަނޑައަޅައި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް ބުންޏެވެ. އެހެން ނަމަވެސް، އެކަން ތަންފީޒު ކުރާނީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ.