Advertisement

ނޭޕާލްގައި ފެންބޮޑުވެ 33 މީހުން މަރުވެއްޖެ

12 އޮކްޓޯބަރު 2022 - 13:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނޭޕާލްގެ ހުޅަނގަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ދަނީ ހިނގަމުން. -- ފޮޓޯ: ޔުނިސެފް


ނޭޕާލްގައި ފެންބޮޑުވެ 33 މީހުން މަރުވެއްޖެ

12 އޮކްޓޯބަރު 2022 - 13:54 0

ފާއިތުވި ހަފުތާގައި ހުޅަނގު ނޭޕާލްގައި ފެންބޮޑުވެ ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 33 މީހުން މަރުވެއްޖެ އެވެ.

އޮފިޝަލުން ބުނީ އެންމެ ބޯކޮށް ވާރޭވެހުނީ ހުޅަނގު އުތުރުގައި އޮންނަ ކަރްނާލީ ޕްރޮވިންސަށް ކަމަށެވެ. އެ ތަނުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި އެވެ.

ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެތައް ސަތޭކަ ގެޔަށް ގެއްލުންވެފައިވެ އެވެ. ކަރްނާލީ ޕްރޮވިންސްގައު 22 މީހުން ގެއްލިގެން ހޯދަމުންދާ އިރު، ގިނަ ބަޔަކަށް އަނިޔާވި އެވެ.

ރެސްކިއު ޓީމުތަކުން ބުނީ އަދިވެސް ހުއްޓުމެއް ނެތި ވާރޭވެހެމުން ދާތީ ފަރުބަދަ މަތީ ހިސާބުތަކަށް ދަތުރު ކުރުމަށް އުނދަގޫ ކަމަށެވެ.

ސަރުކާރުގެ އޮފިޝަލުން ވަނީ ހެލިކޮޕްޓަރުތަކަށް އެހީގެ ސާމާނު ބަރުކޮށް، އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ފޮނުވައިފަ އެވެ.

އދ. ގެ އިންސާނީ އެހީދޭ އެޖެންސީތަކުން ވެސް ބުނީ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ހިސާބުތަކުގައި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެމުންދާ ކަމަށެވެ.

ނޭޕާލްގެ ވިއްސާރަ މޫސުން ކޮންމެ އަހަރަކު ވެސް ފަށަނީ ޖޫން މަހު އެވެ. އަދި ވިއްސާރަ ކުރުން ހުއްޓާލަނީ އޮކްޓޯބަރު މަސް ނިމެން ގާތްވުމުންނެވެ.

އެ ގައުމުގެ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މި އަހަރުގެ މިހާތަނަަށް ބޯވާރޭގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 110 މީހުން މަރުވެފައިވާ ކަމަށެވެ.