Advertisement

މަޖިލިސް މަރާމާތު ކުރަން މިލިއަނެއްހާ ރުފިޔާ ހަރަދުކުރުމުގައި ގަވައިދާ ހިލާފު އެތައް ކަމެއް

6 އޮކްޓޯބަރު 2022 - 12:08 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މަޖިލިސް މަރާމާތު ކުރަން މިލިއަނެއްހާ ރުފިޔާ ހަރަދުކުރުމުގައި ގަވައިދާ ހިލާފު އެތައް ކަމެއް

6 އޮކްޓޯބަރު 2022 - 12:08 0

ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ ބޮޑެތި މަރާމާތުތަކެއް ކުރަން 2019 ވަނަ އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންކަން އޮޑިޓު އޮފީހުން ފާހަގަކޮށްފި އެވެ.

މަޖިލީހުގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ އިމާރާތުގެ ބޮޑެތި މަރާމާތުތަކެއް ކުރުމަށް ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏަކާ 9.903 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށެވެ.

ނަމަވެސް، މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެ މަސައްކަތް ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތުގެ ބީއޯކިޔު އަދި ސްޕެސިފިކޭޝަން ވެސް ތައްޔާރުކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި އިތުރަށް ބުނީ އެ މަސައްކަތް ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައަކާއެކު ނަމަވެސް، މަސައްކަތަށް ހިނގާނެ ހަރަދެއް އިތުރު ފަރާތަކުން ހޯދާފައިނުވުމުގެ ސަބަބުން، އެ މަސައްކަތުގެ އަގަކީ ވާދަވެރި އަދި އެކަމަށް އެކަށޭނަ އަގެއް ކަމަށް ކަށަވަރުކުރެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ބީލަމުގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ މަތިވާނަމަ، ރިޓެންޝަން ފައިސާ ދެވޭނީ މަސައްކަތް ނިމޭތާ 12 މަސް ދުވަސް ފަހުން ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ކުންފުންޏަށް ރިޓެންޝަން ފައިސާ ދީފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ވެސް އޮޑިޓު އޮފީހުން ބުންޏެވެ.

"މިކަމުގެ ސަބަބުން، ފެންވަރު ދަށްކޮށް ކޮށްފައިވާ މަސައްކަތް އެފަރާތް ލައްވައި އަލުންކުރުވުމާއި، އެފަދަ މަސައްކަތަށް އެފަރާތް ޒިންމާ ކުރުވުމަކީ ދަތިކަމެއް ކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން، މަސައްކަތެއް ހަވާލުކުރުމުގެ ކުރިން މާލިއްޔަތު ގަވައިދުގައި ބަޔާންކުރާ ހުރިހާ ތަފްސީލެއް ލިޔުމުން އެނގެން އޮންނާނޭ ގޮތަކަށް ތައްޔާރުކުރުމަށް އޮޑިޓު އޮފީހުން ދީފައިވާ ލަފާތަކުގެ ތެރޭގައި ހިމެނެ އެވެ.