Advertisement

އަޒްހާންގެ ފޯނު ހޯދައިފި، އޭނާ މަރާލާފައި އޮތް ކަމަކަށް ނުބެލެވޭ

3 އޮކްޓޯބަރު 2022 - 22:57 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އަޒްހާން: އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުން -- ފޮޓޯ: ފައިލް


އަޒްހާންގެ ފޯނު ހޯދައިފި، އޭނާ މަރާލާފައި އޮތް ކަމަކަށް ނުބެލެވޭ

3 އޮކްޓޯބަރު 2022 - 22:57 0

ހުޅުމާލެއިން ގެއްލިގެން ހޯދަނިކޮށް މަރުވެ ގިނަ ދުވަސްވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ފޯނު ހޯދައިފި ކަމަށާއި އޭނާ އޮތީ މަރާލާފައި ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

"އަދި މުހައްމަދު އަޒްހާންގެ ފޯނު މިހާރު ހޯދާފައިވާއިރު، އަޒުހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައެއް ނުވޭ،" އެ ބަޔާނުގައިވެ އެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު: އޭނާ ފެނުނީ ހޯދާތާ 14 ދުވަސް ފަހުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަޒްހާންގެ ހަށިގަނޑުގެ އިތުރު ތަހުލީލު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދާނެކަން ފުލުހުން އޮތީ އިއްޔެ ބުނެފަ އެވެ.

އަޒްހާން ގެއްލިގެން ރިޕޯޓް ކުރުމުން ފުލުހުންނަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން އޭނާގެ ފޯނުގެ ސިގްނަލް އެންމެ ފަހުން ލިބުނު ޓަވަރު ބަލައި އޭނާ ފެނޭތޯ ސީސީޓީވީ ފުޓޭޖްތައް ބެލި ކަމަށް އެ ބަޔާނުގައިވެ އެވެ.

ހުޅުމާލޭ އައިސް ސްކޭޓް ޕާކު ކައިރިން ނިރޮޅު މަގުން ނިކުންނަނިކޮށް އަޒްހާން ސީސީޓީވީއަށް އަަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިއްޔެ ހަވީރު އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދު ބަލަންޖެހުނީ ނިރޮޅުމަގުން ނިކުމެގެން ދެން އޭނާ ފެންނަންޖެހޭ ކެމެރާއަށް ނޭރުމުން ކަމަށް ފުލުހުން ބުންޏެވެ.

އަޒްހާން ގެއްލިގެން ހޯދަން ފެށީ ސެޕްޓެމްބަރު 19، ގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭގެ 14 ދުވަސް ފަހުން، އޭނާ އެންމެފަހުން ފެނުނު ސަރަހައްދު ކައިރިން ވަލު ތެރޭގައި އޮއްވަ އެވެ.