Advertisement

ކާށިދޫގެ 30 މޭލު ބޭރުން އަޑިއަށްދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

1 އޮކްޓޯބަރު 2022 - 18:25 0

ނިމާ ހަސަން

ނިމާ ހަސަން


ކާށިދޫގެ 30 މޭލު ބޭރުން އަޑިއަށްދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

1 އޮކްޓޯބަރު 2022 - 18:25 0

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އޭނާ ގެއްލިފައި ވަނީ ސެޕްޓެމްބަރު 28، ގައި އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އެ ބޯޓު އަޑިއަށް ދިޔުމުންނެވެ. އޭރު އެ ބޯޓުގައި ތިބީ ހަތް ފަޅުވެރިންނެވެ.

އޭގެ ތެރެއިން ހަ މީހުން ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެހެން ނަމަވެސް، ބޯޓުން ދަތުރުކުރި އެކަކު ފެނިފައިނުވާތީ، ކޯސްޓުގާޑުގެ ސެކަންޑް ސްކޮޑްރަންގައި ހަރަކާތްތެރިވާ "ހަކުރާ" ލޯންޗުން އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ކޯސްޓުގާޑުގެ އެމްއާރުސީސީއަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:30 ގަ އެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އޭނާ ލައިގެން ހުރީ ނޫކުލައިގެ ޓީޝާޓަކާއި ސޯޓުބުރިއެކެވެ. އޭނާ އެންމެފަހުން ފެނުނުއިރު އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ މީހާގެ އެއްވެސް ހަބަރެއް ވޭތޯ ބެލުމަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަންބަރު 191، ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.