Advertisement

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

26 ސެޕްޓެންބަރު 2022 - 09:47 0


މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

26 ސެޕްޓެންބަރު 2022 - 09:47 0

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

އެ ދެ މީހުން ހޯދަން ފުލުހުން އިއުލާން ކޮށްފައި ވަނީ އެ މައްސަލައާ ގުޅޭ ވީޑިއޯއެއް އާންމު ކުރުމަށްފަހު އެވެ.

ވީޑިއޯއިން ފެންނަ ދެ މީހުންނަކީ އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުންނެވެ.

އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް އާންމުވެފައިވާއިރު، ފުލުހުން އިއްޔެ ވެސް ވަނީ އެ ފަދަ މައްސަލައެއްގައި ހަތަރު މީހަކު ހޯދަން، ވީޑިއޯ އާންމުކޮށް، އިއުލާނުކޮށްފަ އެވެ.