ކަނޑު ދަތުރުކުރުމުގެ ނިޒާމު ފޯނަށް ވެއްދި "އޮޑިއެޕް" ޒުވާނުން

އޮޑި އެޕްގެ ދެ ކޯފައުންޑަރުންގެ ގޮތުގައި ހިމެނޭ ސިޔާހު ހަލީލު އާއި އަލީ ނާފީ  އަދަދުފޮޓޯ/މިރާޝް ނިޝާމް

އޮޑި އެޕްގެ ދެ ކޯފައުންޑަރުންގެ ގޮތުގައި ހިމެނޭ ސިޔާހު ހަލީލު އާއި އަލީ ނާފީ އަދަދުފޮޓޯ/މިރާޝް ނިޝާމް

މި ދައްކަން އުޅޭ ވާހަކައެއް ކުރުކޮށް، ފޮނިކޮށް، ކިޔައިދޭން 29 އަހަރުގެ ސިޔާހު ހަލީލް ބުނެލީ މިހެންނެވެ. "މިހާރު، ފްލައިޓް ޓިކެޓް ބުކް ކުރާ އުސޫލުން މި ރާއްޖޭގެ ބައެއް ރަށްތަކަށް ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ވެސް ޓިކެޓް ބުކް ކުރެވޭނެއޭ އެވެ. އަދި އުންމީދު އޮތް ގޮތުން ނަމަ، މާ ގިނަ ދުވަހެއް ނުވެ، ރާއްޖޭގެ ހުރިހާ ރަށަކަށް ލޯންޗް، ޕްރަރިވެޓް ހަޔާ އަދި ފެރީ ޓިކެޓް ބުކް ކުރުން ފަސޭހަވެގެންދާނެ އޭ އެވެ.“

މިއީ "ސަޅި" ވާހަކައަކަށް ސިޔާހު ބުނެލި އެއްޗެއް ނޫނެވެ. އިމެއް ނެތް ޓެކު ދުނިޔޭން، ދިވެހި ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ހައްލެއް ގެންނަން އޭނާ އާއި އެކުވެރިން ފެށި ދަތުރެއްގެ ވާހަކަ އާއި، އެ ދަތުރެއްގެ ހުންގާނު ހިފާފައި ހުރި މިސްރާބުން ދިވެހިރާއްޖެ އަށް ގެންނަން އުޅޭ އިންގިލާބީ ބަދަލުގެ ވާހަކަ މީހުންނަށް އަޑުއިއްވަން އޭނާ ބޭނުންވެ އެވެ.

"އެ ބަދަލަކީ އަޅުގަނޑުމެން އެއް އަހަރު ކުރިން ނެރުނު 'އޮޑިއެޕް' އެޕްލިކޭޝަން. މިއީ އޮޑިވެރިން އެއްތަންކޮށް، ކަނޑުދަތުރުފަތުރު ބުކިން ދިވެހިންނަށް ފަސޭހަ ކޮށްދޭން ފަށައިގެން އުޅޭ އުނދަގޫ، އެހެނަސް އީޖާދީ މަސައްކަތެއް،" ސިޔާހު ބުންޏެވެ.

Advertisement

ދިވެހި ކަނޑުދަތުރުފަތުރުގެ ނިޒާމަކީ އަދިވެސް ފޮތުގައި ލިޔެގެން، ފޯނުން ގުޅައިގެން ހިންގާ ދާއިރާއެކެވެ. ރާއްޖެ ބެހިފައި އޮންނަ ގޮތުންނާއި، ކަނޑު ދަތުރުފަތުރުގެ ނިޒާމު އޮތް ގޮތުން، މިހާތަނަށް ޓެކްނޮލޮޖީގެ މާ ބޮޑު ނުފޫޒެއް ފޯރާފައި ނެތް މި ދާއިރާއަށް އޮޑިއެޕްގެ ފައުންޑަރުންގެ އަމާޒުވީ، މިކަހަލަ ބަދަލަކަށް ލޯ އަޅައިގެން ތިއްބައި، "ދުނިޔެ ހުއްޓުވައިލި" ކޮރޯނާ ވައިރަހުގެ ލޮކްޑައުންއާ އެކު ކަނޑުމަގުން ތަންތަނަށް ދިއުމަށް ދިވެހިން ކުރިމަތިލާންޖެހުނު އުނދަގޫތައް އަމިއްލަ އަށް އިހުސާސްކުރަންޖެހުނު ހިސާބުންނެވެ.

"މި ހިޔާލަކީ އަޅުގަނޑުމެންގެ ފައުންޑިން ޕާޓްނަރު އަލީ ނާފީގެ ހިޔާލެއް. މި ހިޔާލު ގަނޑަށް ބަދަލުކޮށް އަޅުގަނޑުމެންގެ އަތުގެ ހިފައިގެން ކުރިއަށް ގެންދިޔަ މޭސްތެރިޔަކީ ނާފީ،" ސިޔާހު އިތުރުކޮށްލި އެވެ.

"އޭރު [ދިގު ލޮކްޑައުންގައި] އަޅުގަނޑުމެން ތިބީ ރަށެއްގައި ކަރަންޓީން ވެގެން. އެ ރަށުގައި ތިބެގެން އޮޑިއެޕް ގެ މަސައްކަތް ފެށީ. ނާފީގެ ވެސް އަމާޒަކަށް، އަދި ބޭނުމަކަށްވީ، ބަވަނަ ވަމުންދާ ޓެކްނޮލޮޖީގެ އެހީގައި ދިވެހި އޮޑިވެރިންގެ އޮޑިތަކާއި އެމީހުންގެ ދަތުރުތައް އެޕެއް މެދުވެރިކޮށް ދަތުރުކުރަން ބޭނުންވާ މީހުންނާ ހަމައަށް ގެނެސްދީ، ފަސޭހައިން އެ މުއާމަލާތްތައް ކުރެވޭނެ ނިޒާމެއް ގެނެސްދިނުން."

އޮޑިއެޕް ޓީމް

ކޯ ފައުންޑާ، އަލީ ނާފީ

ކޯ ފައުންޑާ، ސިޔާހް ހަލީލް

ކޯ ފައުންޑާ، އަލީ ހަނީން

ކޯ ފައުންޑާ, އިބްރާހިމް މާތިޢު

އޮޑިއެޕް

އޮޑިއެޕަކީ، އެޕް މެދުވެރިކޮށް ސްޕީޑް ބޯޓު ދަތުރުތައް ބުކް ކުރެވޭ ނިޒާމެކެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ވިސްނާއިރު، އެ ދެމެދުގައި ދަތުރުކުރާ ސްޕީޑް ބޯޓުތަކަކީ ކޮބައިތޯ މި އެޕުން ބަލައިލެވޭނެ އެވެ. މިސާލަކަށް، މާލެއިން ދިއްފުއްޓަށް ދާން ބޭނުންވާނަމަ، އެގޮތަށް ސާޗް ކޮށްލުމުން މާލެއާ ދިއްފުއްޓާ ދެމެދު ދަތުރުކުރާ އުޅަނދުތަކާއި، ޓިކެޓްގެ އަގާއި، ބުކްކުރަން ބޭނުންވާ އުޅަނދުގައި ހުސްކޮށް ހުރި ސީޓުތައް ފަދަ މައުލޫމާތު އެޕުން ދައްކާނެ އެވެ.

"މިސާލަކަށް، ބޭނުންވަނީ ދާން ބޭނުންވަނީ 11:30 ގައި، އެކުގައި ގެންދާ ކުޑަކުއްޖަކު އެބަ ހުރި. ބޭނުންވަނީ ބޯޓުގެ ވަކި ހިސާބަކުން ސީޓެއް. މި ހުރިހާ އޮޕްޝަނެއް އޮޑި އެޕުން ބުކިން ހަދާއިރު ދަތުރުވެރިޔާ އަށް ސެޓްކޮށްލެވޭނެ. ބުކް ކުރެވުމުން ލިބޭނެ އީ ޓިކެޓެއް. އެ އީ ޓިކެޓް ހިފައިގެން ގޮސް އޮޑިވެރިޔާއަށް ދައްކާލުމުން އޮޑިވެރިޔާ ގެންގުޅޭ އެޕުން ސްކޭން ކޮށްލުމުން ބޯޓަށް އެރޭނެ،" ސިޔާހު ތަފްސީލުކޮށްދިނެވެ.

ވަކިވަކި ސީޓު ބުކް ކުރުމުން ފެށިގެން ޕްރައިވެޓް ހަޔާ ނެގުމުގެ މުއާމަލާތް ވެސް މި އެޕުން ކުރެވޭނެ އެވެ.

އޮޑި އެޕުން މިހާރު އއ, އދ, ވ އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އަތޮޅު ދިއްފުށީގެ ދަތުރުތައް ބުކްކުރެވޭނެ އެވެ.

އޮޑިވެރިންނަށް "އޮޑި އެސިސްޓެންސް"

ދަތުރުކުރަން ބޭނުންވާ މީހުންނަށް ބޭނުންވާ މައުލޫމާތު، ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް، މި ނިޒާމު ބޮޑު ހާސަރުގަނޑަކަށް ނުހައިދައި ފަސޭހަކޮށް، "ސްމާޓްކޮށް" ގެންދަން މި ޒުވާނުން ނިންމީ މައި އެޕާ ގުޅިފައިވާ އެހެން ޕްލެޓްފޯމެއް އޮޑިވެރިންނަށް ހާއްސަކުރުމަށެވެ. "އޮޑި އެސިސްޓެންޓް" ނަމުގައި ތަރައްގީކުރި ޕްލެޓްފޯމަކީ، ސްޕީޑް ބޯޓު ދުއްވާ އޮޑިވެރިންނަށް އެ ޕްލެޓްފޯމްގެ ތެރެއިން ދަތުރުތައް މެނޭޖް ކުރުމާއި، ދަތުރުތަކުގެ އަގުތައް އަޕްޑޭޓްކުރުމާ، ދަތުރުކުރާ ރޫޓް ސެޓްކުރުމާ، ދުވަހުން ދުވަހަށް ކޮންމެ ދަތުރަކަށް ބޯޑިން މެނޭޖްކުރުމާއި ކޮންމެ ދުވަހަކު ނަގަންޖެހޭ ރިޕޯޓު ތައްޔާރުކުރުން ފަދަ ކަންކަން މާބޮޑު ބުރައަކާ ނުލައި ފޯނުން ކުރެވޭނެ ނިޒާމެކެވެ. މިއީ މުޅިން ހިލޭ އޮޑިވެރިންނަށް ދޭ ޕްލެޓްފޯމެކެވެ.

"އެހެންވީމަ އަޅުގަނޑުމެން މިއޮތީ ޕްލެޓްފޯމެއް ދީފަ. އޮޑިވެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ، ތިބޭފުޅުން މި އެޕް ނަގާށޭ. އޭރުން ތިބޭފުޅުންގެ ބުކިން ތައް މެނޭޖްކޮށްލެވޭނެއޭ. ތިބޭފުޅުންގެ އޮޑިތައް މީގެ ތެރެއިން މެނޭޖްކޮށްލެވޭނެ އޭ."

ސިޔާހު ބުނީ، އޮޑިވެރިން އެޕަށް އަހުލުވެރިކުރުމަށް އެކި ރަށްރަށަށް ދަތުރުކޮށް، އެމީހުންގެ ގާތަށް ގޮސްގެން މި ތައުލީމު ދޭން މަސައްކަތްކުރާ ކަމަށެވެ.

އެހެންވީމަ، އޮޑި އެސިސްޓެންސް، އޮޑިވެރިންނަށެވެ. އޮޑިއެޕް، ދަތުރުވެރިންނަށެވެ.

ގޮންޖެހުންތަކާ ކުރިމަތިލާހިތްވާ ޓީމެއް!

ތިރީހުން ދަށުގެ މި ޒުވާން ޓީމެއްގެ ހިތްވަރާއި ގޮންޖެހުންތަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދަން ހުރި ޝައުގުވެރިކަން ސިޔާހު ފާހަގަކުރީ، އެއް އަހަރު ވީއިރު، ހަތަރު އަތޮޅަކުން ހަ އޮޕަރޭޓަރުންގެ ހިދުމަތް މިހާރު ލިބޭ އޮޑިއެޕަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅުވާފަ އެވެ.

ޓެކްނޮލޮޖީގެ ގޮތުން ޅަފަތުގައި އޮތް ރާއްޖޭގެ ޓްރާންސްޕޯޓް ސެކްޓާ އެކަށް، ފޯނަށް ވައްދަން ކުރި މަސައްކަތުގައި ހުރި އެތަކެއް ހާސް ހުރަސް ގިރާކޮށް، މި ޒުވާނުން ލިޔަމުން އެދަނީ ދިވެހި ޓެކް ދުނިޔޭގައި މާ ރީތި ސަފުހާ އެކެވެ.

"މިއީ އެންމެ ދުވަހެއްގެ މަސައްކަތެއް ނޫން. ކޮންސިސްޓެންސީ ވަރަށް މުހިއްމުވޭ މިކަހަލަ ކަމެއްގައި. ކޮންމެ މަހަކު އެޕަށް ކުރިއެރުން ގެނައުމާއި، ދަތުރުކޮށް، އޮޑިވެރިން މިއަށް އަހުލުވެރިކުރުމާއި، މީހުން މިއަށް ހޭލުންތެރިކުރުމާ، މިކަހަލަ ކިތަންމެ ކަމެއް ކޮންމެ ދުވަހަކު ވިސްނަންޖެހޭ މަސައްކަތެއް،" ސިޔާހު ބުންޏެވެ.

އޭނާ އާއި ޓީމުގެ އަމާޒު ހުރީ، އޮޑިއެޕް ފުޅާކޮށް، ރާއްޖެއަށް އަންނަ ބެކްޕެކާސް އާއި ބަޖެޓް ފަތުރުވެރިންނަށް ވެސް ރަށްރަށަށް ދަތުރުކުރަން ފަސޭހައިން ބޭނުންކުރެވޭ ވަރުގެ މޮޅު ޕްރޮޑަކްޓަކަށް އެ އެޕް ތަރައްގީކުރުމެވެ. މި އިންގިލާބީ ބަދަލުގެ ތެރެއަށް މުޅި ރާއްޖެ ވެއްދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

Newsletter

Get the latest news delivered straight to your inbox