Advertisement

ވާވޭގެ ދެ އެވޯޑެއް މެކްސްކޮމް އަށް

22 ސެޕްޓެންބަރު 2022 - 07:08 0

ވާވޭއިން ދިން އެވޯޑާ މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ހަވާލުވަނީ. -- ފޮޓޯ: މެކްސްކޮމް


ވާވޭގެ ދެ އެވޯޑެއް މެކްސްކޮމް އަށް

22 ސެޕްޓެންބަރު 2022 - 07:08 0

ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ މައި އެއް ކުންފުނި ވާވޭއިން ދޭ ދެ އެވޯޑެއް، ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމުގައިވާ މެކްސްކޮމް ޓެކްނޮލޮޖީއަށް ލިބިއްޖެ އެވެ.

މެކްސްކޮމް އަށް ލިބުނީ، އެކްސެލެންޓް ކޮމާޝަލް ޑިވެލޮޕްމެންޓް އެވޯޑާއި ބެސްޓް ގްރޯތު އެވޯޑެވެ.

އެ ދެ އެވޯޑް މެކްސްކޮމްއަށް ދިނީ ބެންކޮކްގައި މި ހަފުތާގައި ބޭއްވި ވާވޭގެ ހަތް ވަނަ އަހަރީ ބޮޑު އިވެންޓް، ވާވޭ ކަނެކްޓްގަ އެވެ. އެވޯޑާ ހަވާލުވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލެވެ.

އަޅުގަނޑުމެންގެ ވިޔަފާރީގެ ގާބިލުކަމާއި މާކެޓް ފުޅާކުރަން ކުރާ މަސައްކަތް ވާވޭއިން ގަބޫލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު. އެހެންވެ އެ ހުރިހާ ފަރާތްތަކަށް މި ފުރުސަތުގައި ވެސް ޝުކުރު އަދާކުރަން،" ފަޒީލް ވިދާޅުވި އެވެ.

ޓެކް ދާއިރާގެ ވިޔަފާރިކުރާތާ 18 އަހަރު ވެފައިވާ މެކްސްކޮމްއަކީ ރާއްޖޭގައި ހުންނަ ވާވޭ އަދި ސެމްސަންގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.