Advertisement

ދެން ކުޅޭނެ މުބާރާތެއް ބުނަން ނަޑާލް ފަސްޖެހިއްޖެ

7 ސެޕްޓެންބަރު 2022 - 09:04 0


ދެން ކުޅޭނެ މުބާރާތެއް ބުނަން ނަޑާލް ފަސްޖެހިއްޖެ

7 ސެޕްޓެންބަރު 2022 - 09:04 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 7) - މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ހަތަރު ވަނަ ބުުރުން އެމެރިކާގެ ފްރާންސެސް ޓިސަފޯ އަތުން ބަލިވެ، މުބާރާތުން ކެޓި މަޝްހޫރު ޓެނިސް ތަރި، ރަފައެލް ނަޑާލް ، ދެން އޭނާ ކުޅެން ނުކުންނާނެ ދުވަހެއް ހާމަކުރަން އުނދަގޫ ކަމަށް ބުނެފި އެވެ.

ޓިސަފޯ އަތުން ނަޑާލް ބަލިވިއިރު، މިއީ މި ފަހަރުގެ ޓެނިސް ސީޒަނުގެ ގްރޭންޑް ސްލޭމެއްގައި ނަޑާލް ކުޅެގެން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ނަޑާލް ވަނީ ސީޒަނުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ. އެ ދެ މުބާރާތް ކާމިޔާބު ކުރިއިރު، ޖުމްލަ 22 މެޗުން މޮޅުވި އެވެ.

އެކަމަކު، ވިމްބަލްޑަންގެ ސެމީ ފައިނަލަށް ގޮސްފައި ވަނިކޮށް، އަނިޔާގެ ސަބަބުން މެޗު ނުކުޅެ ވަނީ މުބާރާތުން ވަކިވާން ޖެހިފަ އެވެ. ހަތަރު ސެޓު ކުޅެގެން ޓިސަފޯ އަތުން ބަލިވި މެޗަށް ފަހު، ނަޑާލް، 36، ބުނީ ކެރިއަރުގައި މިހާރު އޭނާ އަށް ކުރަން ޖެހިފައި އޮތް ކަމަކީ މުބާރާތް ކުޅުމަށް ފަހު އަމިއްލަ ސިއްހަތަށް ބެލުން ކަމަށެވެ.

"އެނބުރި ގޮސް އަހަރެން ޖެހޭ ކަންކަން ރަނގަޅުކޮށް ދިރިއުޅުމުގެ ކަންކަމާ ވެސް އުޅެން. އެ ހުރިހާ ކަމަކަށް ވަގުތު ދީފައި އަހަރެން އެނބުރި އަންނާނެ ސީދާ ތާރީހެއް ބުނަން އުނދަގޫ،" 22 ގްރޭންޑް ސްލޭމް ތަށި އުފުލާލައި ރެކޯޑެއް ގާއިމްކޮށްފައިވާ ނަޑާލް ބުންޏެވެ. "މެންޓަލީ އަހަރެން މުބާރާތެއް ކުޅެން ތައްޔާރަށް ހުރި ކަމުގެ ޔަގީންކަން އޮވެއްޖެ ހާލަތެއްގައި އަހަރެން ވާދަކުރަން ހުންނާނަން،"

މި މަހު 23-25 އަށް ކުރިއަށްދާ ލޭވާ ކަޕްގައި ވާދަކުރާ ޓީމުގައި ނަޑާލް ހިމެނެ އެވެ.