Advertisement

ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގަންނަވަނީ

28 އޮގަސްޓު 2022 - 07:19 1

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު


ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގަންނަވަނީ

28 އޮގަސްޓު 2022 - 07:19 1

އދ. ގެ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު މިއަދު އިންޑިއާ އަށް ވަޑައިގަންނަވާނެ އެވެ.

އދ. އިން ބުނީ ދެ ދުވަހުގެ މި ދަތުރުފުޅުގައި ޝާހިދު، އިންޑިއާގެ ނައިބު ރައީސް ޖަގްދީފު ދަންކަރު އާއި ފޮރިން ސެކްރެޓަރީ ވިނޭ ކުވާޓްރާއާ ބައްދަލު ކުރައްވައި އދ. ގެ އާންމު މަޖިލީހުގައި ހިނގަމުންދާ މައްސަލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އިންޑިއާގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮމްބީ ޝާޕްއާ ވެސް ޝާހިދު ބައްދަލުކުރައްވާނެ އެވެ.

ތިން ބޭފުޅުންގެ ވަފުދަކާއެކު ޝާހިދު ކުރައްވާ ދަތުރުފުޅަށް ހަރަދު ކުރަނީ ދިވެހި ސަރުކާރާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގެ ޓްރަސްޓް ފަންޑުންނެވެ.

އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސްގެ މަގާމުގައި ޝާހިދުގެ އެއް އަހަރު ދައުރު އަންނަ މަހު ހަމަވާނެ އެވެ.

ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާއިރު، ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.