Advertisement

ޔޫއެސް އޯޕަން އިން ފެނިދާނެ: ނަޑާލް

12 އޮގަސްޓު 2022 - 08:41 0

ވިމްބަލްޑަން މެޗެއްގެ ތެރެއިން ނަޑާލް: ޔޫއެސް އޯޕަންގައި ކުޅޭނެ ކަމަށް ވަނީ ބުނެފައި.


ޔޫއެސް އޯޕަން އިން ފެނިދާނެ: ނަޑާލް

12 އޮގަސްޓު 2022 - 08:41 0

މަޔޯކާ، ސްޕެއިން (އޮގަސްޓް 12) - މި މަހު ފަހުކޮޅުގައި ފަށާ ޔޫއެސް އޯޕަން ޓެނިސް ގްރޭންޑް ސްލޭމް މުބާރާތުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިންގެ ތަޖުރިބާކާރު ކުޅުންތެރިޔާ، ރަފައެލް ނަޑާލް ބުނެފި އެވެ.

މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް (އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން) ކާމިޔާބުކުރި، ނަޑާލް، 36، އަށް ޖެހުނީ މިދިޔަ މަހުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލާ ހަމައިން މެޗު ދޫކޮށްލާށެވެ..

ވިމްބަލްޑަންގެ ކުއާޓާ ފައިނަލުގައި އެމެރިކާގެ ޓޭލާ ފްރިޓްޒާ ދެކޮޅަށް ކުޅުނު މެޗުގައި ނަޑާލް ފަހަތުން އަރައި މޮޅުވީ ބަނޑުގެ މަސްގަނޑެއް އިރައިގެން ގޮސްފައި ހުއްޓައި، ޓޭޕްކޮށްގެންނެވެ. އެ އަނިޔާއިން ރިކަވާ ނުވާތީ އޭނާ ސެމީ ފައިނަލް ނުކުޅެ ދޫކޮށްލީ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ރިކަވަރީ ފެށި ނަޑާލް، އަލުން ޕްރެކްޓިސް ކުރަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށް ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ. ނަޑާލް ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައިވަނީ ޔޫއެސް އޯޕަންގެ ވޯމަޕް މުބާރާތެއްގެ ގޮތުގައި ކުޅުންތެރިން ކުޅޭ، ސިންސިނާޓީ މާސްޓާސް ކުޅެން ނިންމާފައިވާ ކަމަށާއި ޔޫއެސް އޯޕަންގައި ވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ސިންސިނާޓީ މާސްޓާސްގެ ކުރިން ކެނަޑާގައި ކުރިއަށްދިޔަ މޮންޓްރެއާލް މާސްޓާސްގައި ނަޑާލް ނުކުޅުނީ އެއްކޮށް ފިޓްނުވާތީ އެވެ. އެކަމަކު، މި މަހު 29 ވަނަ ދުވަހު ފަށާ ޔޫއެސް އޯޕަން އަށް ފިޓްވާނެ ކަމުގެ އުންމީދު ނަޑާލަށް އެބައޮތެެވެ.

ނަޑާލް ވަނީ މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް، ޓެނިހުގެ ތާރީހުގައި 22 ގްރޭންޑްސްލޭމް ތަށި ކާމިޔާބުކޮށް ރެކޯޑެއް ގާއިމްކޮށްފަ އެވެ. ނަޑާލް އަށް ގެއްލުނު ވިމްބަލްޑަން ކާމިޔާބުކޮށް ނޮވަކް ޖޮކޮވިޗް ވަނީ 21 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފަ އެވެ. ޔޫއެސް އޯޕަންގައި ނަޑާލް ތަށްޓަށް ވާދަކުރާއިރު، އޭނާ ވަނީ މީގެ ކުރިން ހަތަރު ފަހަރު