1 އޮގަސްޓު 2022 - 13:19 0
ފާތިމަތު ސާޔާ އަހުމަދު
ޖޭހޯޕް ހުށަހެޅުމެއް ދެނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް
1 އޮގަސްޓު 2022 - 13:19 0
ނިއު ޔޯކް، އެމެރިކާ (އޯގަސްޓް 1) - އެމެރިކާގެ ބޮޑު މިޔުޒިކް ފެސްޓިވަލެއްގައި މައި ހުށަހެޅުމެއް ދިން ދެކުނު ކޮރެއާގެ ފުރަތަމަ އާޓިސްޓްގެ ލަގަބު ބީޓީއެސްގެ ޖޭހޯޕްއަށް ލިބިއްޖެ އެވެ.
ފާއިތުވި ހަފްތާ ބަންދުގައި ޝިކާގޯގައި އޮތް ލޮލަޕަލޫޒާ ފެސްޓިވަލް ނިންމުމުގެ ގޮތުން ކޭޕޮޕް ސުޕަސްޓާ ޖޭހޯޕްގެ ހުށަހެޅުމެއް ފެނިގެން ދިޔަ އެވެ. ލޮލަޕަލޫޒާއަކީ ކޮންމެ އަހަރަކު ވެސް އޮންނަ ބޮޑު ފެސްޓިވަލެކެވެ.
ޝިކާގޯ ގްރާންޓް ޕާކްގެ ސްޓޭޖަށް ޖޭހޯޕް އެރީ ކުއްލިއަަކަށް ފޮއްޓެއްގެ ތެރެއިން ނިކުމެ އެވެ. އޭނާ ހުށަހެޅީ ބީޓީއެސް ބޭންޑުގެ ބައެއް ހިޓު ލަވަތަކާއި އޭނާގެ ސޯލޯ އަލްބަމްގެ ބައެއް ލަވަތަކެވެ.
ޖޭހޯޕް ސްޓޭޖުން ފޭބީ ލަވަކިޔުންތެރިޔާ ބެކީ ޖީ އާ އެކު "ޗިކެން ނޫޑްލް ސޫޕް" ލަވައިގެ ހުށަހެޅުމަކަށް ފަހު އެވެ. މި އަހަރުގެ ލޮލަޕަލޫޒާ ފެސްޓިވަލް ހޫލޫއިން ލައިވްކޮށް ސްޓްރީމް ކުރި އެވެ.
ލޮލަޕަލޫޒާ ފެސްޓިވަލުގައި ޖޭހޯޕް ހުށަހެޅުމެއް ދިން އިރު، އޭނާ ނިސްބަތްވާ ބީޓީއެސްއިން މީގެ މަހެއް ކުރިން ބުނީ ބޭންޑުގެ ހަތް މެމްބަރުންގެ ވަކިވަކި ކެރިއަރަށް ފޯކަސް ކުރުމަށް ބްރޭކެއް ނަގަން ނިންމި ކަމަށެވެ.
ބީޓީއެސްގެ ޔޫޓިއުބް ޗެނަލްގައި އާއްމު ކުރި ވީޑިއޯއެއްގައި ބޭންޑު މެމްބަރުން ބުނީ "ވަރުބަލިވެފައިވާ" ކަމަށާއި ބޭންޑާ ވަކިން ހުރިހާ މެމްބަރުންނަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ. އޭރު ޖޭހޯޕް ބުނީ އެ ނިންމުމާ އެކު ބީޓީއެސް އިތުރަށް ވަރުގަދަވެވޭނެ ކަމަށެވެ.
އުމުރުން 28 އަހަރުގެ ޖޭހޯޕްގެ ސޯލޯ އަލްބަން "ހޯޕް ވޯލްޑް" 2018 ވަނަ އަހަރު ބިލްބޯޑް އަލްބަމް ޗާޓުގެ 38 ވަނައިގައި ހިމެނުނެވެ.
Comment