Advertisement

އެސްޓީއޯ ބެކް ޓު ސްކޫލު: ޕެކެޓަކަށް ތައްޓެއް

1 އޮގަސްޓު 2022 - 13:22 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެސްޓީއޯ ބެކް ޓު ސްކޫލު ޕްރޮމޯޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އަދަދު


އެސްޓީއޯ ބެކް ޓު ސްކޫލު: ޕެކެޓަކަށް ތައްޓެއް

1 އޮގަސްޓު 2022 - 13:22 0

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދިރާސީ އާ އަހަރަށް "ބެކް ޓު ސްކޫލު" ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެ އެވެ.

ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

އެސްޓީއޯއިން ބުނީ އެ ބާވަތްތަކުން ގަންނަ ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރު ކިރު އަދި ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ތައްޓެއް ލިބޭނެ ކަމަށެވެ.

އަދި އެ ތައްޓަކީ ލިމިޓެޑް އެޑިޝްނަން ތަށިތަކެއް ކަމަށާއި ސްޓޮކް ހުސްވަންދެން ކަސްޓަމަރުންނަށް ތަށި ދޫކުރަމުން ދާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން އެ ޕްރޮމޯޝަންގައި ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ގަންނަ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

އެ ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެ އެވެ.

ރީޓެއިން ނަސީބުވެރިން:

  1. އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗަރެއް
  2. ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗަރެއް
  3. ރީޓެއިލްގެ ތިންވަން ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗަރެއް

ހޯލްސޭލް ނަސީބުވެރިން:

  1. އެއް ވަނަ ނަސީބުވެރިޔާއަށް 327ލ ގެ ޗެސްޓް ފްރީޒަރެއް
  2. ދެ ވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަންގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝަރު ކުކަރެއް
  3. ތިން ވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެއް