Advertisement

މާދަމާރޭ ހަވާ އަރުވާނެ ކަމަށް ނާންގަން، ދައުރުވީ ގޯސް ހަބަރެއް

25 ޖުލައި 2022 - 15:07 0

ނިމާ ހަސަން

ނިމާ ހަސަން

ހަވާއެރުވުން: މާދަމާ ހަވާ އަރުވާނަމަ އަންގާނެ ކަމަށް އެމްއެންޑީއެފުން ބުނޭ


މާދަމާރޭ ހަވާ އަރުވާނެ ކަމަށް ނާންގަން، ދައުރުވީ ގޯސް ހަބަރެއް

25 ޖުލައި 2022 - 15:07 0

މިނިވަން ދުވަހާ ގުޅިގެން ހަވާއަރުވާކަމަށް ބުނެ ދައުރުވި ހަބަރު އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ، މާދަމާ މާލޭގައި ހަވާއަރުވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓުކުރަމުން ދިޔަ ނަމަވެސް އެކަން އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ހަވާ އަރުވާނަމަ އެމްއެންޑީއެފުން އެކަން އަންގާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މާދަމާ ރޭ 9:00 ގައި ޖުމްހޫރީ މައިދާނުން ހަވާއަރުވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާއި، އޭގެ ފަހުން ހަވާ އެރުވުން ކެންސަލްވެފައިވާ ކަމަށް ނޫސްތަކުގައި ޖެހުމުން އާންމުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މާދަމާ މާ ގިނަ ހަރަކާތްތަކެއް މާލޭގައި ނުބާއްވަ އެވެ. ނަމަވެސް މާދަމާ ހަވީރު އެމްއެންޑީއެފް ގެ ޕެރޭޑެއް ބާއްވަން ހަމަޖެހިފައިވެ އެވެ. އަދި މާދަމާ ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާނެ އެވެ.

މީގެ ކުރިން މިނިވަން ދުވަަހުގެ ރަސްމީ ޖަލްސާ އާއި އެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުގެ އޮފީސްތަކުން ފުޅަނދުބުރު ތައްޔާރުކުރާގޮތަށް އޮތަސް، ސަރުކާރުން ފަހުން ވަނީ، ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ހަރަކާތްތައް ނުބާއްވާނެކަން އަންގާފަ އެވެ.