Advertisement

ވެކްސިން ޖެހިކަމުގެ ތަފްސީލް ނުދޭތީ ކާންޓޭ އާއި ލޮފްޓަސް-ޗީކް އަށް ޔޫއެސް ޓުއާގައި ބައިވެރިނުވެވޭ

10 ޖުލައި 2022 - 09:57 0

ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކާންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ވެކްސިން ޖެހިކަމުގެ ތަފްސީލް ނުދޭތީ ކާންޓޭ އާއި ލޮފްޓަސް-ޗީކް އަށް ޔޫއެސް ޓުއާގައި ބައިވެރިނުވެވޭ

10 ޖުލައި 2022 - 09:57 0

ލަންޑަން (ޖުލައި 10) - ކޮވިޑް-19 ވެކްސިން ޖެހިކަމުގެ މައުލޫމާތު ފުރިހަމަކޮށް ނުދޭތީ ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި ރުބެން ލޮފްޓަސް-ޗީކް އަށް އެ ކްލަބުން ޕްރީ ސީޒަނުގައި އެމެރިކާ އަށް ކުރި ދަތުރު ގެއްލިއްޖެ އެވެ.

ޕްރީ ސީޒަނަށް ގިނަ ކްލަބްތަކަކުން ޔޫއެސް ޓުއާތަކެއް (އެމެރިކާ ދަތުރެއް) ދިއުމަށް ހަމަޖެހިފައިވާއިރު، އެމެރިކާ އިން އަމަލުކުރަން ނިންމާފައިވަނީ ހަމަ ކުރިއެކޭ ވެސް އެއް އުސޫލުންނެވެ. އެއީ ކޮވިޑް-19ގެ ވެކްސިން މައުލޫމާތު ފުރިހަމަ އަށް ނުދޭނަމަ އެ ގައުމަށް އެތެރެވުމުގެ ފުރުސަތު ނުދޭ ގޮތަށެވެ. މި ވަގުތު ހާލަތުގެ ގޮތުން ކިރިޔާ ވެސް ވެކްސިން މައުލޫމާތު ފުރިހަމަނުކޮށް، އެމެރިކާ އަށް އެތެރެ ވެވެން އޮތީ އެ ގައުމުގެ ރަށްވެހިންނަށް އެކަންޏެވެ.

ޗެލްސީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ވެކްސިން މައުލޫމާތުގެ ކަންކަން ފުރިހަމަނުވާތީ، ކާންޓޭ އާއި ލޮފްޓަސް-ޗީކް ޔޫއެސް ޓުއާގައި ބައިވެރިނުވާ ކަމަށެވެ.

ޗެލްސީން އިއްޔެ ވަނީ ޕްރީ ސީޒަން ޓުއާގައި އެމެރިކާ އަށް ގޮސްފަ އެވެ. ތިން މެޗު އެމެރިކާގައި ކުޅޭ ގޮތަށް ޗެލްސީން ނިންމާފައިވާއިރު، މި ވަގުތު ޕްރެކްޓިސްތައް ބާއްވަމުން އަންނަނީ ލޮސް އެންޖަލަސްގަ އެވެ.

ޗެލްސީން އެމެރިކާ ޓުއާގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 17 ގައި ކުޅޭނީ މެކްސިކޯގެ ކްލަބް އެމެރިކާއާ އެވެ. އެ އަށް ފަހު 21 ޖުލައިގައި ޗާލޮޓް އެފްސީއާ ބައްދަލުކުރުމަށް ފަހު 23 ޖުލައިގައި ކުޅޭނީ އާސެނަލާ އެވެ. އާސެނަލާ ކުޅޭ މެޗު އޮތީ ފްލޮރިޑާގަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އަދި ކުޅުންތެރިއަކުގެ ސޮއި ނުހޯދަ އެވެ. އެކަމަކު، ޗެލްސީން މިހާރު ވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް، ރަހީމް ސްޓާލިން ގަންނަން އެ ކްލަބާ އެކު އެއްބަސްވެފަ އެވެ. ޗެލްސީން ވަނީ ސްޓާލިން ގަންނަން 61 މިލިއަން ޑޮލަރު ދައްކަން ނިންމައިފަ އެވެ. މި އަގާ މެދު ސިޓީގެ ރުހުން ވެސް ވަނީ ލިބިފަ އެވެ. އެހެންވެ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސްޓާލިންގެ ޑީލް އެއްކޮށް ނިމުމުގެ ފުރުސަތު އެބައޮތެވެ.