Advertisement

15 އަހަރު ފަހުން ތިއާގޯ ސިލްވާ ކުރީގެ ކްލަބަށް

8 މޭ 2024 - 11:22 0


15 އަހަރު ފަހުން ތިއާގޯ ސިލްވާ ކުރީގެ ކްލަބަށް

8 މޭ 2024 - 11:22 0

ލަންޑަން (މެއި 8) - މި ސީޒަން ނިމުމުން ޗެލްސީ ދޫކޮށްލުމަށް ފަހު، ބްރެޒިލްގެ ތަޖުރިބާރު ޑިފެންޑަރު، ތިއާގޯ ސިލްވާ، 15 އަހަރަށް ފަހު އޭނާގެ ކެރިއަރު ފެށި ކްލަބް، ބްރެޒިލްގެ ފްލުމިނެންސޭ އަށް ބަދަލުވާން ނިންމައިފި އެެވެ.

ފްލުމިނެންސޭގެ ޔޫތު ޓީމަށް 1998-2000 އަށް ކުޅުނު ތިއާގޯ ސިލްވާ ވަނީ އެ ކްލަބަށް 2006-2009 އަށް ވެސް ކުޅެފަ އެވެ. މިދިޔަ ހަތަރު އަހަރު ޗެލްސީގައި ހޭދަކުރި ތިއާގޯ ސިލްވާ، 39، ދިޔައީ ކޮންމެ ސީޒަނަކަށް ފަހު ޗެލްސީގެ ކޮންޓްރެކްޓް އާ ކުރަމުންނެވެ.

އެކަމަކު، މިހާރު އޭނާ ނިންމާފައިވަނީ އުފަން ގައުމަށް އެނބުރި ދިއުމަށެވެ.


"އަހަރެން މި ދަނީ އެނބުރި ގެ އަށް،" އެކްސް (ކުރީގެ ޓްވިޓާ) ގައި ތިއާގޯ ސިލްވާ، ދެން ދާނެ ކްލަބަކަށް އިޝާރާތްކޮށް ލިޔެފައިވެ އެވެ.

އޭސީ މިލާނާއި ޕީއެސްޖީ އަށް ވެސް ކުޅެފައިވާ ތިއާގޯ ސިލްވާ ވަނީ ޔޫރަޕްގައި 30 ޓްރޮފީ ހޯދައިފަ އެވެ.

ޗެލްސީއާ ހިލޭ ޓްރާންސްފާއެއްގައި ގުޅުމަށް ފަހު، އެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކި ތިއާގޯ ސިލްވާ އަކީ، 2022/2023 ވަނަ ސީޒަނުގައި އެ ކްލަބުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ތިއާގޯ ސިލްވާ، ވަނީ ޗެލްސީ އަށް 150 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ.

ފްލުމިނެންސޭއާ އެކު، 2009 ވަނަ އަހަރު، ބްރެޒިލްގެ ކަޕް ކާމިޔާބުކޮށްފައިވާ ތިއާގޯ ސިލްވާ އަލުން އެ ޓީމަށް ދާން ނިންމީ، ސައުދީ އަަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ހުށަހެޅުންތައް ދޫކޮށްލައިފަ އެވެ.