Advertisement

ސްޕެއިންގައި ކަނޑު އަޑިން މަސްތުވާތަކެތި އެތެރެ ކުރާ ޑްރޯންތަކެއް ހިފަހައްޓައިފި

5 ޖުލައި 2022 - 09:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފުލުހުން ހިފެހެއްޓި ޑްރޯންތައް ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.


ސްޕެއިންގައި ކަނޑު އަޑިން މަސްތުވާތަކެތި އެތެރެ ކުރާ ޑްރޯންތަކެއް ހިފަހައްޓައިފި

5 ޖުލައި 2022 - 09:05 0

މޮރޮކޯއިން ސްޕެއިންއަށް ގިނަ އަަދަދެއްގެ މަސްތުވާތަކެތި ކަނޑު އަޑިން އެތެރެ ކުރުމުގެ ގާބިލްކަން ލިބިފައިވާ ހަ ޑްރޯން ސްޕެއިންގެ ފުލުހުން ހިފަހައްޓައިފި އެވެ.

ހަ "ޑްރޯން ސަބްމެރީން" ހިފަހައްޓައި އަށް މީހުން ހައްޔަރު ކުރީ ބާސެލޯނާ އާއި މަލާގާ އަދި ކާޑީޒްގަައި ހިންގި އޮޕަރޭޝަަންތަކެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ މިއީ މިފަދަ ޑިވައިސްތަކެއް ހިފެހެއްޓި ފުރަތަމަ ފަހަރު ކަމަށެވެ. ގޭންގުތަކުން އުފައްދާ ކަނޑު އަޑީގެ ޑްރޯންތަކަށް ގިނަަ އަދަދެއްގެ މަސްތުވާތަކެތި އުފުލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބެލެވެ އެވެ.

"މި ޑިވައިސްތަކުގެ އެހީގައި ގިނަ އަދަދެއްގެ މސްތުވާތަކެތި ގިބްރަލްޓާ ސްޓްރެއިޓް ހުރަސްކޮށް، ކަނޑު އަޑިން އުފުލުމުގެ ގާބިލްކަން ކުށްވެރިންގެ ގްރޫޕްތަކަށް ލިބޭ،" ބަޔާނުގައިވެ އެވެ.

ކޮންމެ ޑްރޯނެއްގައި 12 މޯޓަރު ހަރުކޮށްފައިވާ އިރު، 30 ކިލޯމީޓަރުގެ ރޭންޖެއް ޑްރޯންތަކުގައި ހުރި ކަމަށް ބަޔާނުގައިވެ އެވެ. ގިބްރަލްޓާ ސްޓްރެއިޓް ހުރަސްކޮށް، ސްޕެއިން އާއި މޮރޮކޯއާ ދެމެދު ވަނީ 15 ކިލޯމީޓަރުގެ ސަރަހައްދެކެވެ.

"މި ޑްރޯންތައް ބޭނުން ކުރުމަށް ތަައްޔާރުވަމުން ދިޔައީ ފްރާންސްގެ ޑްރަގް ނެޓްވޯކަކަށް ގިނަ އަދަދެއްގެ ކޮކެއިން ސަޕްލައި ކުރުމަށް،" ފުލުހުން ބުންޏެވެ.

ޑެންމާކާއި، ފްރާންސް، އިޓަލީ އަދި ސްޕެއިންގެ ޑްރަގް ނެޓްވޯކްތަކުން ވެސް އެ ޑްރޯންތަަކުގެ ބޭނުންކުރާ ކަމަށް ފުލުހުން ލަފާކުރެ އެވެ.