Advertisement

މަކިޓާ ސާމާނަށް ހާއްސަ ޝޯރޫމެއް ހުޅުވައިފި

28 ޖޫން 2022 - 09:46 0

އަމަން ހަލީމް

އަމަން ހަލީމް

މަކިޓާ ޝޯރޫމްގައި ކަސްޓަމަރުންތަކެއް. ގިނަ އަދަދެއްގެ އުފެއްދުންތައް މި ތަނުން ލިބެން ހުންނާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މަކިޓާ ސާމާނަށް ހާއްސަ ޝޯރޫމެއް ހުޅުވައިފި

28 ޖޫން 2022 - 09:46 0

ކޮންސްޓްރަކްޝަނާއި ކާޕެންޓްރީ މަސައްކަތް ކުރާ މީހުންގެ މެދުގައި މަގުބޫލު މަކިޓާ ބްރޭންޑުގެ ސާމާނަށް ހާއްސް މުޅިން އާ ޝޯރޫމްއެއް އެސްޓީއޯ އިން އިއްޔެ ރޭ ހުޅުވައިފި އެވެ.

އެސްޓީއޯ އިން މަކިޓާ ޕްރޮޑަކްޓުތަކަށް ހާއްސަ ޝޯރޫމެއް ހުޅުވާފައި މިވަނީ އެ ކުންފުނިން މި ބްރޭންޑުގެ އުފެއްދުންތައް ވިއްކާތާ 25 އަހަރު ފުރުމާ ވެސް ގުޅުވާފަ އެވެ.

ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މި ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރު، މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އާ މަކިޓާ ޝޯރޫމްއާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ އެވެ. އެގޮތުން، ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއާ ޕާޓްސް ލިބޭނެ އެވެ. އަދި، މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރު ވެސް ހުންނާނީ މި ޝޯރޫމް ތެރޭގަ އެވެ.


މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލާތްތައް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނާ ފަދަ އެތައް ސާމާނެއް ހިމެނެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލް ޗޮއިސް އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.