Advertisement

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ކުރީގެ މިނިސްޓަރު އިނާޒު

20 ޖޫން 2022 - 21:11 0

ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ އިނާޒް: ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަކަށް އޭނާ މިއަދު ވަނީ އައްޔަންކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ކުރީގެ މިނިސްޓަރު އިނާޒު

20 ޖޫން 2022 - 21:11 0

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އިނާޒު އައްޔަންކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވަނީ ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އެވެެ. އެހެން ނަމަވެސް އެ ގާނޫނުގައިވާ ގޮތުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންއާއި އާއްމުންގެ ފަރާތުން ތިއްބަވާ މެމްބަރުން އައްޔަން ކުރައްވާނީ އެހެން ނަމަވެސް ސިވިލް ސާވިސް ކޮމިޝަނާއްި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރީގެ ކަންތައް އެވަގުތަކު ބަލަަހައްޓާ މިނިސްޓްރީއެއް ގުޅިގެން އުފައްދާ، ސިލެކްޝަން ކޮމިޓީއަކުން ރައީސަށް ފޮނުވާ ނަން ލިސްޓަކުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް އިނާޒް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އާތިފާ އަލީގެ މަގާމުގެ ދައުރު ނިމުމުންނެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިނާޒު އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ހަރުގޭގައި ހިނގި ކަންތައްތަކާ ގުޅިގެންނެވެ. ފިނޭންސް މިނިސްޓަރު ކަމުން އޭނާ އިސްތިއުފާ ދެއްވީ ކާރެއްގެ ތެރޭގައި އިންނަވަނިކޮށް، އެމްޑީޕީގެ ސިޔާސީ ހަރަކާތްތެރިން އެއްވެ، އޭނާ ކާރުން ބާލައިގެން ގެންގޮސް އެމްޑީީޕީގެ ހަރުގެ ތެރޭގައި ހިފަހައްޓައި، އޭނާއާ ވަރަށް ހުތުރުކޮށް މުއާމަލާތް ކުރި ފަހުންނެވެ. އެމްޑީޕީގެ ހަރަކާތްތެެރިން އޭރު ތުހުމަތުކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ މާތް ގާތްގުޅުމެއް ބާއްވާ ކަމަށެވެ.