Advertisement

އެސްޓީއޯ އިން ބޮޑެތި ޑިސްކައުންޓު ލިބޭ "ހަމަ ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

20 ޖޫން 2022 - 16:50 0

އަމަން ހަލީމް

އަމަން ހަލީމް

ހަމަ ހިޓާޗީ ޕްރޮމޯޝަނުގެ ލޯގޯ: މި ޕްރޮމޯޝަނުގެ ތެރެއިން ހިޓާޗީ ބްރޭންޑުގެ އުފެއްދުންތަކުން 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓު ލިބޭ. -- މުހައްމަދު ޝާބިން/އަދަދު


އެސްޓީއޯ އިން ބޮޑެތި ޑިސްކައުންޓު ލިބޭ "ހަމަ ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

20 ޖޫން 2022 - 16:50 0

ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަކޮށްްގެން "ހަމަ ހިޓާޗީ" ނަމުގައި ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އަންނަ އޮގަސްޓު 30 ވަނަ ދުވަހާ ހަމަޔަށް ކުރިޔަށް މި ޕްރޮމޯޝަނަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ. މިހެންކަމުން މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ވެސް ޕްރޮމޯޝަން އަގުތަކުގައި މުދާ ގަނެވޭނެ އެވެ.

އެސްޓީއޯ އިން ވިއްކާ އެންމެ ޑިމާންޑު ބޮޑު އެއް ބްރޭންޑަކީ ހިޓާޗީ އެވެ. އެ ކުންފުނިން މި ބްރޭންޑުގެ އުފެއްދުންތައް ވިއްކާތާ 25 އަހަރުވާ އިރު، މިއީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ނަމްބަރު ބްރޭންޑު ކަމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ ހިޓާޗީ ޑިސްޕްލޭ: މި ބްރޭންޑުގެ އުފެއްދުންތަކުގެ ތެރެއިން ޓީވީ، ފްރިޖު އަދި އޭސީއަށް ޑިމާންޑު ބޮޑު. -- ފޮޓޯ: އަބްދުﷲ އިޔާން


ހަމަ ހިޓާޗީ ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަ މެޝިން، އެއާ ޕިޔުރިފަޔާ، ޓީވީގެ އިތުރުން ޕަންޕު، ވެކިޔުމް ކުލީނާ، ރައިސް ކުކާ، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކަކަށް 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެއާކޯނާއި ފްރިޖު ފަދަ ތަކެތީގެ ޑެލިވަރީ އަދި އޭސީ ހަރުކުރުން މުޅިން ހިލޭ ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކަސްޓަމަރުންެގ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަށް ހޮވައި، އަގުހުރި އިނާމުތައް ލިބޭނެ އެވެ. މުޅި ޕްރޮމޯޝަން ނިމުމުން އޮންނަ ގްރޭންޑް ލަކީޑްރޯގައި ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށް 50،000ރ. އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ލިބޭނެ އެވެ.

އޭގެ އިތުރުން ސޯޝަލް މީޑިޔާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކު ނަސީބުވެރި އެކަކަށް އިނާމު ލިބޭނެ އެވެ.

ހިޓާޗީގެ އުފެއްދުންތަކަކީ ކޮލިޓީ އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ އުފެއްދުންތަކެކެވެ. ހަމައެހެންމެ ކަރަންޓު ހަރަދު ކުޑަ، ތިމާވެއްޓަށް ގެއްލުން ވީހާވެސް ކުޑަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުންތަކެވެ.

ދާދިފަހުން އެސްޓީއޯ އިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ ހަ މޮޑެލެއްގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ.

މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭސީތަކުގެ ތެރޭގައި އާއްމު އޭސީތަކަށް ވުރެ %42 ކަރަންޓް މަދުން ބޭނުންކުރާ އޭސީ ހިމެނެ އެވެ.

އެސްޓީއޯން ބުނި ގޮތުގައި ކައިރި މުސްތަގުބަލެއްގައި ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން ހިޓާޗީ އައިސް އަލަމާރިއާ ދޮންނަ މެޝިންގައި ވެސް ލޭބަލް ޖަހާނެ އެވެ.