Advertisement

އެމްޑީޕީ އިސްލާމީ މަޝްވަރާ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައި، ފައްޔާޒް ވައުދު ފުއްދަވައިފި

8 ޖޫން 2022 - 20:16 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޗެއާޕާސަން އިލެކްޝަންގެ ކެމްޕެއިނުގައި ފައްޔާޒް --- ފޮޓޯ: މައުރޫފް ހަލީލް


އެމްޑީޕީ އިސްލާމީ މަޝްވަރާ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައި، ފައްޔާޒް ވައުދު ފުއްދަވައިފި

8 ޖޫން 2022 - 20:16 0

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަން ކަމަށް އިންތިހާބުވި ފައްޔާޒް އިސްމާއީލްގެ އެންމެ ފުރަތަމަ ވައުދު ފުއްދަވައިފި އެވެ.

ކެމްޕެއިނު ތެރޭގައި ފައްޔާޒް ވަނީ އެ ޕާޓީގެ ޗެއާޕާސަނަކަށް ހޮވިވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ އިސްލާމީ މަޝްވަރާގެ މަޖިލިސް އެކުލަވާލުން ކަމަށް ވިދާޅުވެފަ އެވެ.

"މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ މެއި 14ގައި އަޅުގަނޑު މި މަގާމަށް އިންތިހާބުވުމާ އެކީގައި އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ ކަމަކީ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބަށް ގޮވައިލުން، އަޅުގަނޑުމެން ގައުމުގެ ކަންކަން އަޅުގަނޑުމެން ޕާޓީގެ ކަންކަން ގެންދެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތިން،" ދުވާފަރުގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ.

ޗެއާޕާސަންކަމާ ފައްޔާޒް ރަސްމީކޮށް ހަވާލުވެފައިވާއިރު، އެމްޑީޕީން މިއަދު ވަނީ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތި ލާން ބޭނުންވާ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އެމްޑީޕީން އިސްލާމީ މަޝްވަރާގެ މަޖިލީހުގެ އިންތިހާބެއް އެންމެ ފަހުން ބާއްވާފައިވަނީ 2011 ވަނަ އަހަރު އެވެ. ޕާޓީގެ އެހެން ގުނަންތަކުގެ އިންތިހާބު އޮންނަ އިރު އެ މަޖިލީހުގެ އިންތިހާބު ނުބޭއްވުމަކީ ޗެއާޕާސަންކަމަށް ވާދަކުރެއްވިއިރު، ފައްޔާޒްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.