Advertisement

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި، ޖަމިއްޔާތަކަށް ހާއްސަ

1 ޖޫން 2022 - 09:03 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ ރަށެއްގައި ހިންގި މަޝްރޫއެއް --- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި، ޖަމިއްޔާތަކަށް ހާއްސަ

1 ޖޫން 2022 - 09:03 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" ގެ މިއަހަރުގެ ދެވަނަ ފިޔަވައްސަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިފަހަރު ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށް އެކަނި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

"ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައި،" ބީއެމްއެލް އިން ބުންޏެވެ.

އެ ފަންޑަށް އެދި ޕްރޮޕޯސަލް އާއި ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ ޖޫން 18، ގެ 23:59 އެވެ. އަދި، [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓު ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.