Advertisement

ޓީއެފްޖީގެ "އެމްވީރަން" ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 9 އަށް ހަމަވާނެ

31 މޭ 2022 - 18:07 0

ޓީއެފްޖީން 2019 ވަނަ އަހަރު ބޭއްވި ބޮޑުހާފް ދުވުމުގެ ތެރެއިން ބަޔަކު ރޭސް ނިންމަނީ --- ފޮޓޯ: ޓީއެފްޖީ


ޓީއެފްޖީގެ "އެމްވީރަން" ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 9 އަށް ހަމަވާނެ

31 މޭ 2022 - 18:07 0

އަންނަ ޖޫން 3، ގައި ބޭއްވުމަށް ނިންމާފައިވާ ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) ގެ "އެމްވީރަން" ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 9 އަށް ހަމަވާނެ އެވެ. ރެޖިސްޓްރީވުމަށް މަދު ވަގުތުކޮޅެއް އޮތްއިރު ޓީއެފްޖީގެ ރޭސް ރެޖިސްޓްރޭޝަން ވެބްސައިޓުން އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ.

ރަޖިސްޓްރޭޝަން ފީއަކީ 777ރ. އެވެ. ދުވުމުގައި އޮންލައިންކޮށް ރަޖިސްޓްރީކުރެވެވި ފައިސާ ވެސް ދައްކާލެވެ އެވެ.

މިއީ 10 ކިލޯމީޓަރުގެ ތަފާތު ދުވުމެކެވެ. އެގޮތުން، ރޭސް ނިންމާ ހުރިހާ އެންމެންގެ ތެރެއިން ގުރުއަތުން ހަ ދުވުންތެރިޔަކު ހޮވާނެ އެވެ. އެގޮތަށް ހޮވާ ނަސީބުވެރި ކޮންމެ ދުވުންތެރިޔަކަށް 42،000ރ. ދޭނެ އެވެ. އެއީ ޖުމްލަ 252،000ރ. އެވެ.

ހުޅުމާލޭގައި ބާއްވާ މި ދުވުމުގެ ވަނަ ވަނަ އަށް ވެސް ދެނީ ފައިސާގެ ގޮތުން ހެޔޮވަރު ވަރެކެވެ. ދުވުމުގެ އެއް ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 21،000ރ، ދެ ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 10،000ރ، އަދި ތިން ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 5000ރ. ލިބޭނެ އެވެ.

ޓީއެފްޖީ 2022 ރަނިން ކަލަންޑަރު

  • މޭ 13: ބީއެމްއެލް ވައު ކިޑްސް
  • ޖޫން 3: އެމްވީރަން
  • ސެޕްޓެމްބަރު 2: ބޮޑު ފަހެއް
  • ޑިސެމްބަރު 9: ދަ މޯލްޑިވްސް ލޯންގް ރަން