Advertisement

ޓެލްވިން ޑްރައިވް މިނީ: އަޖައިބެއް ފަދަ އިމަޖެންސީ ސްޓާޓައެއް، ޕަވާ ބޭންކެއް

28 މޭ 2022 - 06:17 0


ޓެލްވިން ޑްރައިވް މިނީ: އަޖައިބެއް ފަދަ އިމަޖެންސީ ސްޓާޓައެއް، ޕަވާ ބޭންކެއް

28 މޭ 2022 - 06:17 0

ހެނދުނު ހޭލައިގެން ސައިކަލަށް، ކާރަށް ނުވަތަ ޕިކަޕަށް އަރާއިރު، ކޮށިއަރާފައި ހުންނަ އިންޖީނު ސްޓާޓު ނުވެގެން ދެން ބޯހާސްވެ، ގޮތް ހުސްވާކަށް ނުޖެހޭނެ އެވެ. ދަތުރު މަތީގައި، ނުވަތަ ގިނަ ވަގުތު ބޭރުގައި އުޅޭއިރު، ނުވަތަ މަސައްކަތުގެ ފާޑުން އިލެކްޓްރޯނިކް ގިނަ އައިޓަމްތައް އުޅޭއިރު ޗާޖު ހުލިވެ ލިބޭ ބޮލުގެ ރިހުމަށް ވެލިގާއިން ގެނެސް ދެނީ އަތަށް ހެޔޮވަރު ހައްލެކެވެ.

އެއީ، ޕަވަ ބޭންކެއް، އަދި އިމަޖެންސީ ސްޓާޓާއެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ޓެލްވިން ޑްރައިވް މިނީ އެވެ. ބޭނުންކޮށްލަން ފަސޭހަ އެވެ. ލިތިއަމް ޕޮލިމަ ސެލް ހިމެނޭ 12 ވޮޓުގެ މި ޕަވާ ބޭންކް، ޔޫއެސްބީ ކޭބަލުން އަދި ވެހިކަލްގެ ސިނގިރެޓް ލައިޓަރު ޕްލަގު އެޑެޕްޓަރުން ޗާޖުކުރެވެ އެވެ.

ލިތިއަމް ޕޮލިމާ ޓެކްނޮލޮޖީގެ އަޖައިބަކީ އާންމުކޮށް ހުންނަ ޕަވާ ބޭންކަށް ވުރެ މާ ހަލުއިކޮށް ޗާޖުވުމެވެ. އަދި މިއީ އިމަޖެންސީ ލައިޓެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ ވެސް އެއްޗެކެވެ.

މުހިންމު މައުލޫމާތު

  • ޔޫއެސްބީ މެދުވެރިކޮށް އަވަހަށް ޗާޖުކުރެވޭ
  • އިލެކްޓްރޯނިކް އައިޓަމް ޗާޖުކުރެވޭ
  • ވެހިކަލްތައް ސްޓާޓްކޮށްލަން ބޭނުންކުރެވޭ
  • ލެޑް ލައިޓެއްގެ ގޮތުގައި ބޭނުންކުރެވޭ
  • ބޭނުންކޮށްލަން ފަސޭހަ، ސައިޒު ހެޔޮވަރު
  • އަގު: 2,120.00ރ

ވެލިގާގެ އޮންލައިން ފިހާރަ، ވެލިގާ.ކޮމް

ވެލިގާގެ އޮންލައިން ފިހާރަ (ވެލިގާ.ކޮމް) އިން ހުރިހާ ސާމާނެއް ގަނެވޭނެ އެވެ. ނެޓުން ގަނެލައިގެން ރަށަށް ވިޔަސް، އަތަށް ވިޔަސް، ޑެލިވަރީކޮށް ދެ އެވެ. މި އޮންލައިން ފިހާރައިން ވަގުތުން ފައިސާ ވެސް ދައްކާލެވެ އެވެ. އެހާ ވެސް ފަސޭހަ އެވެ