Advertisement

ޕެންޝަން ފަންޑަށް މިދިޔަ އަހަރު 625 މިލިއަން ރ. ގެ ފައިދާއެއް

2 މޭ 2022 - 14:13 1


ޕެންޝަން ފަންޑަށް މިދިޔަ އަހަރު 625 މިލިއަން ރ. ގެ ފައިދާއެއް

2 މޭ 2022 - 14:13 1

ދެހާސްއެކާވީސް ވަނަ އަހަރު ޕެންޝަން ފަންޑަށް އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

ޕެންޝަން އޮފީހުގެ އަހަރީ ރިޕޯޓުގައި ވާ ގޮތުން މިދިޔަ އަހަރު ލިބުނު އިންވެސްޓްމަންޓް ފައިދާއަކީ އޭގެ ކުރީ އަހަރު، 2020 ވަނަ އަހަރުގެ ފައިދާއަށް ވުރެ 11.6 ޕަސެންޓް މަތީ އަދަދެކެވެ. މިއީ ކޮވިޑް-19 ގެ ކުރިން އެ ފަންޑުގެ ފައިދާއިން އަހަރަކަށް ޖެހޭ އެވްރެޖް ފަސް ޕަސެންޓަށް ވުރެ ވެސް މަތީ އަދަދެކެވެ.

ޕެންޝަން އޮފީހުން ވަނީ މިދިޔަ އަހަރު ގިނަ އެހެން ކާމިޔާބީތައް ވެސް ހޯދައިފަ އެވެ.

އެ ގޮތުން ކޮންޓްރިބިއުޝަން ކަލެކްޝަންސްގެ ގޮތުގައި ޖުމްލަ 1.2 ބިލިޔަން ރުފިޔާ މިދިޔަ އަހަރު ފަންޑަށް ޖަމާ ކުރި އެވެ. ރާއްޖޭގެ ފުރަތަމަ ފުލީ ޑިޖިޓަލް ކަސްޓަމާ ސާވިސަސް ޕޓަލްގެ ގޮތުގައި އޮފީހުގެ ކޮށާރު ޕޯޓަލް ލޯންޗްކޮށް ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސީ ވެސް މިދިޔަ އަހަރު އެވެ.

ޕެންޝަން ސްކީމުގެ ބައިވެރިންނަށް ލިބޭ އިނާޔަތްތައް އިތުރު ކުރުމަށް ކުރާ މަސައްކަތަށް މިދިޔަ އަހަރު އެދެވޭ ކުރިއެރުންތަކެއް ހޯދިކުފައިވާ ކަމަށާއި ކުރިއަށް އޮތް ތިން އަހަރުތެރޭ އާ ހިދުމަތްތަކެއް ތައާރަފް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޮފީހުން ބުންޏެވެ.

ޕެންޝަން ފަންޑަށް ލިބޭ މިފަދަ ކުރިއެރުންތަކަކީ ދިވެހިންނަށް ދޮށީ އުމުރުގައި މާލީ ގޮތުން މިނިވަން އަބުރުވެރި ދިރިއުޅުމެއް ކަށަވަރު ކޮށްދިނުމަށް ރާއްޖޭގެ ޕެންޝަން ނިޒާމުގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުން ދާކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.