Advertisement

ނޭޕާލަށް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ މުދާ އިމްޕޯޓް ކުރުން ލިމިޓްކޮށްފި

12 އޭޕްރީލް 2022 - 14:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނޭޕާލް ފައިސާ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ނޭޕާލަށް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ މުދާ އިމްޕޯޓް ކުރުން ލިމިޓްކޮށްފި

12 އޭޕްރީލް 2022 - 14:04 0

ނޭޕާލްގެ ބޭރު ފައިސާގެ ރިޒާވް ހުސްވާން ފަށާފައި ވާތީ، ޒަރޫރީ ނޫން މުދާ އިމްޕޯޓް ކުރުން ލިމިޓްކޮށްފި އެވެ. އިމްޕޯޓް ކުރުން ލިމިޓްކުރި ތަކެތީގެ ތެރޭގައި ކާރާއި، ކޮސްމެޓިކްސް އަދި ރަން ހިމެނެ އެވެ.

މިދިޔަ ހަފްތާގައި ނޭޕާލްގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނޭޕާލްގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ގައުމުގެ ހާލަތު ސްރީލަންކާއާ އަޅާކިޔަމުން ދާތީ "ހައިރާންވާ" ކަމަށެވެ.

ނޭޕާލްގެ މަރުކަޒީ ބޭންކުން ބުނީ މިފިޔަ ފެބްރުއަރީ މަހުގެ މެދަކާ ހަމައަށް ފާއިތުވި ހަތް މަހުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް 16 ޕަސެންޓުން ދަށްވެ، 9.95 ބިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ.

އެހެން ގައުމުތަކުގައި މަސައްކަތް ކުރާ ނޭޕާލްގެ ރައްޔިތުން އެ މުއްދަތުގައި ގައުމަށް ފޮނުވި ފައިސާގެ އަދަދު ވަނީ ފަސް ޕަސެންޓުން ވެއްޓިފަ އެވެ.

މަރުކަޒީ ބޭންކްގެ ނައިބު ތަރުޖަމާނު ނާރަޔަން ޕްރަސާދް ޕޮހާރޭލް ރޮއިޓާޒްއަށް ވިދާޅުވީ ބޭރު ފައިސާގެ ރިޒާވަށް ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދާ ކަމަށޭވެ.

"ޒަރޫރީ ނޫން މުދާ އިމްޕޯޓް ކުރުން މަނާ ކުރަން އަޅާ ފިޔަވަޅުގައި ޒަރޫރީ މުދާ ލިބުމަށް ހުރަސްތައް ނާންނާނެ ގޮތަކަށް އަމަލު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ނޭޕާލް ސަރުކާރުގެ ދަރަނީ ވަނީ ޖީޑީޕީގެ 43 ޕަސެންޓަށް އަރާފަ އެވެ. އެހެން ދިމާވީ ބަލިމަޑުކަމާ ހެދި ކުރި އަސަރުތައް ލުއި ކުރަން ސަރުކާރުގެ ހަރަދުތައް އިތުރު ކުރުމުން ކަމަށް އޮފިޝަލުން ބުނެ އެވެ.

ފިނޭންސް މިނިސްޓަރު ޖަނަރްދަން ޝަރްމާ ވިދާޅުވީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ނޭޕާލުން ދައްކަން ޖެހޭ ދަރަނީ އަދަދު ކުޑަ ކަމަށެވެ.