ހިޔާނާތަށް އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން މިއަދުން ފެށިގެން އުވާލައްވައިފި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ ޖަނަވަރީ 1، 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގުކުރުމުގެ މަގުސަދުގައި ނޮވެންބަރު 17، 2018ގައި އުފެއްދި ކޮމިޝަނެކެވެ.
ކޮމިޝަން އުވާލުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުވާލި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވާއިރު، އެ ކޮމިޝަނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރެވިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެގޮތުން ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަކީ "ބޭކާރު، ބޮޑު އިސްރާފެއް" ކަމަށް ވެސް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ސިފަކުރެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އުއްޗު ޗަންޕީ
about 3 years ago
ކޮބާ މިއުޅެނީ ނަމާދު ކޮމިޝަނެއް ހަދާން. މީގެން ބަލާނީ މީހުން ނަމާދަށް ނުދަނީ ކީއްވެގެންތޯ. މެންބަރުން ބޭނުން. މަހަކު 40،ހާސް ރުފިޔާ. އަދި ކޮރަޕްޝަން ބަލާ ކޮމިިޝަނެއްވެސް
ސެންބެ
about 3 years ago
ކޮބާ ނަތީނާ؟ ރައްޔިތުންގެ ފައިސާއިން ތިޔަހެން މިލިޔަނުން ދަވާލާފައި އުވާ ނުލެވޭނެ. ނަތީޖާ ނޫނީ މީކޮރަޕްޝަން. މިކަން ބަލަންޖެހޭނެ. ނޫނީ ބާލާނަން. ތިޔަގޮތަށް ރައއޔިތުންގެ ފައިސާއިން ވައްކަން ކުރުންނޫން ކަމެއް ނުކުރޭ މިވެރިން
Comment