Advertisement

އުފާވެރި މަންޒަރެއް، އެެރިކްސަން އެނބުރި ދަނޑަށް

15 ފެބުރުވަރީ 2022 - 16:37 0


އުފާވެރި މަންޒަރެއް، އެެރިކްސަން އެނބުރި ދަނޑަށް

15 ފެބުރުވަރީ 2022 - 16:37 0

ލަންޑަން (ފެބްރުއަރީ 15) - މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ދަނޑުން ބޭލި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް މަސް ދުވަސް ފަހުން ފުރަތަމަ ފަހަރަށް މެޗެއް ކުޅެފި އެވެ.

ހަ މަސް ދުވަހުގެ އެއްބަސްވުމެއްގައި މިދިޔަ މަހު އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ބަދަލުވި އެރިިކްސަން ،30، ވަނީ އިއްޔެ ސައުތުއެންޑް ޔުނައިޓަޑާ ދެކޮޅަށް ބްރެންޓްފޯޑް ކުޅުނު އެކުވެރިކަމުގެ މެޗެެއްގައި ކުޅެފަ އެވެ.

އެރިކްސަންގެ 30 ވަނަ ދުވަހު ކުޅުނު މި މެޗުގައި އެނާ ވަނީ ފަސްދޮޅަހެއްހާ މިނިޓު ފުރިހަމަކޮށްފަ އެވެ. ސަޕޯޓަރުން ނުވައްދައި ކުޅުނު މި މެޗު 3-2 އިން ބްރެންޓްފޯޑް ކާމިޔާބުކުރިއިރު، އެރިކްސަން ވަނީ ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ޔޫރޯގައި ޑެންމާކަށް ކުޅެނިކޮށް އެރިކްސަން ،29، އަށް ހިތުގެ މައްސަލަ ދިމާވި ފަހުން އޭނަ އަދި ވާދަވެރި މެޗެއް ނުކުޅެ އެވެ. ހިތުގެ މައްސަލައާ ގުޅިގެން، އެރިކްސަން ވަނީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިފަ އެވެ.

އައިސީޑީއެއް ލައްވައިގެން، އިޓާލިއަން ލީގުގައި ނުކުޅެވޭތީ، އިޓަލީގެ އިންޓަ މިލާނުން ވަނީ އޭނާގެ ކޮންޓްރެކްޓުން ރިލީސްކޮށް، ދޫކޮށްލައިފަ އެވެ. އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގައި އައިސީޑީއެއް ލައްވައިގެން ވެސް ކުޅުމަށް ހުރަހެއް ނެތެވެ. އެއީ ހާއްސަ މެޑިކަލް ޓެސްޓްތަކެއް ކުރިއަށްގެންގޮސް އޭގެއިން ފާސްވެއްޖެނަމަ އެވެ. އެރިކްސަން ވަނީ އެ ހުރިހާ މެޑިކަލް މަރުހަލާއެއް ފުރިހަމަކޮށްފަ އެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް ޕްރިމިއާ ލީގުގައި ކުޅުނު އެރިކްސަންގެ އަމާޒަކީ މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ޑެންމާކް ސްކޮޑުން ފުރުސަތު ހޯދުމެވެ.