Advertisement

ޑާބީ އަށް ވަގުތު ދޭން ރޫނީ އެވަޓަންގެ އިންޓަވިއު އަށް ހާޒިރެއްނުވި

28 ޖަނަވަރީ 2022 - 23:29 0

ރޫނީ މީޑިއާ އަށް އިންޓަވިއު ދެނީ: މި ވަގުތު އެވަޓަންއާ ހަވާލުވާން ބޭނުމެއް ނުވި.


ޑާބީ އަށް ވަގުތު ދޭން ރޫނީ އެވަޓަންގެ އިންޓަވިއު އަށް ހާޒިރެއްނުވި

28 ޖަނަވަރީ 2022 - 23:29 0

ޑާބީ، އިންގްލެންޑް (ޖެނުއަރީ 28) - ހުސްވެފައިވާ އެވަޓަން ފުޓްބޯޅަ ކްލަބްގެ ކޯޗަކަށް ވުމަށް ލިބުނު ފުރުސަތު އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ޑާބީ ކައުންޓީގެ ކޯޗު ވޭން ރޫނީ ދޫކޮށްލައިފި އެވެ.

އެވަޓަންގެ ކޯޗުގެ ވަޒީފާ ހުސްވީ އެ މަގާމުގައި ހުރި ސްޕެއިނުގެ ކޯޗު ރަފައެލް ބެނިޓޭޒް 200 ދުވަހަށް ފަހު މަގާމުން ވަކިކުރުމުންނެވެ.

އެވަޓަން އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ވަގުތީ ކޯޗެއްގެ ގޮތުގައި ހުރީ ޑަންކަން ފާގަސަން އެވެ. އެވަޓަން އިން އާ ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ޝޯޓްލިސްޓު ކުރި ކޯޗުންގެ ތެރޭގައި ރޫނީ އާއި ޗެލްސީގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑް ހިމެނެ އެވެ.

ރޫނީ އަށް އެވަޓަންގެ ކޯޗުކަން ހުށަހެޅިކަން އޭނާ ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފަ އެެވެ.

"އެވަޓަން އިން އަހަރެންގެ އޭޖެންޓަށް ގުޅި އެ ޓީމުގެ ކޯޗުކަމާ ހަވާލުވާން އިންޓަވިއުއެއް ކުރަން. އެކަމަކު، އަހަރެން އެ އިންޓަވިއު އަކަށް ނުދަން،" ދެ ފަހަރެއްގެ މަތިން އެވަޓަން އަށް ކުޅުނު ރޫނީ ބުންޏެވެ.

"އެއީ ވަރަށް އުނދަގޫ ނިންމުމެއް، އަހަންނަށް ޔަގީން ކުރިއަށް އޮތްތަނުގައި އަހަރެން ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭނެކަން. އަހަރެން އެކަމަށް 100 ޕަސެންޓް ތައްޔާރު. އެއީ އެވަޓަންއާ އެކު ވިއްޔާ ހިތްހަމަޖެހޭނެ ވަރަށް. އެކަމަކު، މި ވަގުތު އަހަންނަށް ވަރަށް މުހިންމު އަހަރެން ޑާބީގައި މި ކުރާ މަސައްކަތަށް ވަގުތު ދިނުން،"

އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ކުޅެމުން އަންނަ ޑާބީ އޮތީ ލީގުގެ ރެލިގޭޝަނުގަ އެވެ. ރެލިގޭޝަން ޒޯނުން ބޭރުވާން ޑާބީ އަށް ބުރަ މަސައްކަތެއް ކުރަން ޖެހިފައިވާއިރު، ދަނޑުން ބޭރުގައި ވެސް އެ ކްލަބްގެ ހާލަތު އެންމެ ރަނގަޅެއް ނޫނެވެ. ކްލަބްގެ އެޑްމިނިސްޓްރޭޝަންގައި ހުރި މައްސަލަތަކާ މެދު ސަޕޯޓަރުން އަންނަނީ ހަޅުތާލުތަކެއް ކުރަމުންނެވެ.

ރޫނީ ބުނީ އޭނާގެ ކޮންޓްރޯލްގައި ހުރި ފުޓްބޯޅައިގެ ކަންކަމަށް ހައްލު ހޯދައިދޭން ބޭނުން ކަމަށާއި ކުޅުމުން ބޭރުގައި ހުރި ކަންކަމަށް ކްލަބްގެ މެނޭޖްމަންޓުން ރަނގަޅު ގޮތެއް ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެވަޓަން އިން އާ ކޯޗެެއް ހޯދަން ކުރާ މަސައްކަތުގައި ރޫނީ އާއި ލަމްޕާޑްގެ އިތުރުން ބެލްޖިއަމް ގައުމީ ޓީމާ ހަވާލުވެ ހުރި ރޮބާޓޯ މާޓީނޭޒާއި އޭއެސް ރޯމާގައި ހުރި ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯއާ ވެސް މަޝްވަރާކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.