Advertisement

މާވަށުގެ އިހްތިސާސްގައި ފަޅުރަށެއް ހިމަނައިދިނުމަށް އެދިއްޖެ

29 ޑިސެންބަރު 2021 - 15:37 1

ފާތިމަތު އަޖްފާން

ފ

Advertisement

ލ. މާވަށް: އިހުތިސޯސްގައި ހިމަނައިދިނުމަށް އެދިފައި ވަނީ އެންމެ ކައިރީގައި އޮންނަ "ބޮޑު މާބުޅެލި" ހިމަނައިދިނުމަށް-- ފޮޓޯ: މާވަށް / ފޭސްބުކް


މާވަށުގެ އިހްތިސާސްގައި ފަޅުރަށެއް ހިމަނައިދިނުމަށް އެދިއްޖެ

29 ޑިސެންބަރު 2021 - 15:37 1

Advertisement

Advertisement

ލ. މާވަށުގެ އިހުތިސޯސްގައި ދަތުރު ދިއުމަށް ފަޅުރަށެއް ހިމަނައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

ސައީދު އެދިވަޑައިގެންފައި ވަނީ މާވަށް ކައިރީގައި އޮންނަ "ބޮޑު މާބުޅެލި" އެރަށުގެ އިހްތިސާސުގައި ހިމަނައިދިނުމަށެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށައެޅި އެ ހުށަހެޅުމުގައި ބުނެފައި ވަނީ މާވަށީ އާބާދީ ބޮޑު ނަމަވެސް މޫދަށް އެރެވޭނެ ސަރަހައްދެއް ނެތް ރަށެއް ކަމަށެވެ.

މާވަށް ގެ ވަށައިގެންވެ މޫދަށް އެރެވޭނެ އެއްވެސް ދިމާލެއް ނެތުމުގެ އިތުރުން ދޮންވެލީގެ އަތިރި މައްޗެއްވެސް އެރަށުގައި ނެތް ކަމަށް ސައީދުގެ ސިޓީގައި ބުނެފައި އެވެ.

ރާއްޖޭގެ ނިސްބަތުން ބޮޑު ފަޅަކާއި އެފަޅުގައި ރީތި ގިނަ ފަޅު ރަށް ތަކެއް ހުރި ނަމަވެސް މާވަށު އިހްތިސާސް ކަނޑައެޅިއިރު މާވަށުގެ އިހްތިސާސްގައި އެއްވެސް ފަޅުރަށެއް ހިމަނާފައިނުވާ ކަމަށް ރައީސަށް ފޮނުއްވި އެ ސިޓީގައި ބުނެފައިވެ އެވެ.

Advertisement

"ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާވަށުގެ ހާލަތު މިހެން އޮތްއިރު އާއިލާއާއެކު ދަތުރު ގޮސް މޫދަށް އެރި ހިތްހަމަޖައްސާލާނެ ފަދަ ރަށެއް ނެތުން،" އެ ސިޓީގައި ސައީދު ލިޔުއްވާފައިވެ އެވެ.

އެހެންކަމުން މާވަށް އެންމެ ކައިރީގައި އޮންނަ މާވަށުގެ އިހްތިސާސްގައި ހިމަނައިދިނުމަށް ވަނީ އެދިފަ އެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވަގު ސައީދު

over 3 years ago

ސައީދު ބޮލަށް ތެޔޮއަރައިގެންދޯ މި ތެޅެނީ. އަހުމަދު މޫސާއަކަށް މާބުޅެއްޔެއް ނުހޯދޭނެ.