Advertisement

57 އަހަރުގެ މުނާސަބާގައި އެސްޓީއޯގެ ސޭލެއް: ޑިސްކައުންޓާއި، އިނާމާއި، ބިލު ހިލޭ

20 ޑިސެންބަރު 2021 - 08:47 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ސުޕާމާޓު: އަހަރީ ދުވަހުގެ ސޭލުގައި ސުޕަމާޓުން ވިޔަފާރިކުރާ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލު ހިލޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


57 އަހަރުގެ މުނާސަބާގައި އެސްޓީއޯގެ ސޭލެއް: ޑިސްކައުންޓާއި، އިނާމާއި، ބިލު ހިލޭ

20 ޑިސެންބަރު 2021 - 08:47 0

ކުންފުންޏަށް 57 އަހަރު ފުރުން ފާހަގަކުރަން "އެސްޓީއޯ އަހަރީ ސޭލް" ގެ ނަމުގައި އެއް ދުވަހުގެ ބޮޑު ސޭލެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯއިން ވިއްކާ ގިނަ ބާވަތްތަކެއް މުދަލުން ބޮޑު ޑިސްކައުންޓް ލިބޭ ގޮތަށް ބާއްވާ މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ސުޕަމާޓް އާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.

އެގޮތުން އެސްޓީއޯ ސުޕަމާޓުން ފަސް ޕަސެންޓުގެ ޑިސްކައުންޓު، ރީޖަނަލް ފިހާރަތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު އަދި ހޯމް އިމްޕްރޫވްމަންޓުގެ އޭސީ ނޫން ހުރިހާ އެއްޗަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

އޭގެ އިތުރުން މިއަދު އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރާ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ބިލު ހިލޭ ވާނެ އެވެ. އަދި ހޯމް އިމްޕްރޫވްމަންޓުން ވިޔަފާރިކުރާ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް 32 އިންޗީގެ ޓީވީއެއް ލިބޭނެ އެވެ.

މި ސޭލުގެ ގްރޭންޑް ލަކީޑްރޯ ނަގަން ހަމަޖެހިފައިވާއިރު، އެ ނަސީބުވެރިޔަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓޫން 20،000ރ. ގެ ވައުޗާއެއް ލިބޭނެ އެވެ.