Advertisement

ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވަމުގެ ލައިސަންސް މެލޭޝިޔާގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

9 ޑިސެންބަރު 2021 - 10:19 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

މާލޭގެ މަގެއް: ރާއްޖޭގައި ނެގާ ލައިސެންސް މެލޭޝިޔާގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާބެހޭ މަޝްވަރާތައް ދެގައުމުގެ ދެމެދު ވަނީ ކުރިއަށް ގެންގޮސްފައި -- ފޮޓޯ: އަދަދު ފައިލް


ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވަމުގެ ލައިސަންސް މެލޭޝިޔާގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

9 ޑިސެންބަރު 2021 - 10:19 0

މެލޭޝިޔާގައި ދިވެހިރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭ ގޮތް ހެދުމަށް ދެ ގައުމުގެ ގުޅިގެން މަސައްކަތް ކުރަން ފަށައިފި އެވެ.

މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާސިއޮންގް ބުނެފައި ވަނީ ރާއްޖޭގެ ލައިސަންސް މެލޭޝިޔާގައި އަދި އެ ގައުމުގެ ލައިސަންސް ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު ޓްރާންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ މަޝްވަރާ ކުރުމަށް ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މިދިޔަ އަންގާރަދުވަހު ޑރ، ވީކާސިއޮންގާއެކު ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުން ބޭއްވީ 23 ވަނަ އިންޓަނޭޝަނަލް މެރިޓައިމް އޯގާނައިޒޭޝަންގެ އެސެމްބްލީގެ ހަވާސާގަ އެވެ.

ރާއްޖޭން ދޫކުރާ ޑްރައިވިން ލައިސެންސަކީ މެލޭޝިޔާގެ މިންގަނޑުތަކަށް ފެތޭ އަދި ބޭނުންކުރެވޭ ލައިސަންސަކަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މަޝްވަރާތައް އެ ބައްދަލަވުމުގައި ކުރި ކަމަށް މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، ދެ މިނިސްޓަރުންގެ އެ ބައްދަލުވުމުގައި ދެ ގައުމުގެ އެއްގަމު ދަތުރުފަތުރާއި ކަނޑުދަތުރުފަތުރާބެހޭ މަޝްވަރާތައް ވެސް ކުރި އެވެ.

ރާއްޖޭގެ ލައިސަންސް މެލޭޝިޔާގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް މީގެ ކުރިން ވެސް އޮތީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ކޮވިޑުގެ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވުމުގެ ސަބަބުން މި މަޝްވަރާތަކަށް ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ. މިއީ މެލޭޝިޔާއަށް ދަތުރުކުރާ ދިވެހީންނާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ބޮޑު ލުޔަކަށް ވެގެން ދާނެ ކަމެކެވެ.