Advertisement

މުހިންމު ދަތުރެއްގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެންފި

26 ނޮވެންބަރު 2021 - 20:42 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރާއްޖެ އާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މިއަދު ވެލާނާ އެއާޕޯޓުގައި: ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަޑައިގެންނެވީ ހައި ލެވެލް ވަފުދަކާއެކު -- ފޮޓޯ: ފޮރިން މިނިސްޓްރީ


މުހިންމު ދަތުރެއްގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެންފި

26 ނޮވެންބަރު 2021 - 20:42 0

މިދިޔަ މާޗް މަހުގެ ތެރޭގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ސޮއި ކުރި އެއްބަސްވުންތަކުގައިވާ މުހިންމު މަސައްކަތެއް ކުރެއްވުމަށް އެ ގައުމުގެ ފޮރިން ސެކްރެޓަރީ މަސްއޫދު ބިން މޮމެން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ބަންގްލަދޭޝްގެ ހައި ލެވެލްގެ ޓީމަކާއެކު މިއަދު މޮމެން ރާއްޖެ ވަޑައިގެން ދެ ގައުމުގެ ފޮރިން މިނިސްޓްރީން ބައިލެޓަރަލް ކޮންސަލްޓޭޝަންގެ ބައްދަލުވުންތަކެއް ކުރިއަށްދާނެ އެވެ. މިއީ މިދިޔަ މާޗު މަހު ސޮއި ކުރި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން ކުރަންޖެހޭ މަސައްކަތެކެވެ.

"މިދަތުރުގައި ކުރިން އެއްބަސްވެފައިވާ ކަންކަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރިވިއު ކުރުމުގެ އިތުރުން އާ ދާއިރާތަކުން ދެ ގައުމުގެ ދޭތެރޭގައި ގުޅުން އުފެއްދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ،" ދިވެހި ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

މިދިޔަ މާޗް މަހު ދެ ގައުމުން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް/މޯލްޑިވްސް ކައުންސިލް އޮން ކޮމްޕްރެހެންސިވް ކޯޕަރޭޝަން އުފެއްދުމާއި ދެ ގައުމުގެ ދޭތެރޭގައި ބައިލެޓަރަލް ކޮންސަލްޓޭޝަން ކުރިއަށްގެންދިއުމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ކަލްޗަރަލް އެކްސްޗޭންޖު ޕްރޮގްރާމެއް ހިންގުމަށް ސޮއި ކުރި އެއްބަސްވުމެވެ.