Advertisement

43 އަހަރު ތެރޭ ބަޔާނަށް އެންމެ ހިތްދަތި ނަތީޖާ

28 އޮކްޓޯބަރު 2021 - 08:19 0

ރޭގެ މެޗަށް ފަހު ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އެ ޓީމުގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެނީ.


43 އަހަރު ތެރޭ ބަޔާނަށް އެންމެ ހިތްދަތި ނަތީޖާ

28 އޮކްޓޯބަރު 2021 - 08:19 0

މިއުނިކް (އޮކްޓޫބަރު 28) - ޖަރުމަނު ކަޕްގައި ރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކާ ކުޅެ 5-0 އިން އެ ޓީމުގެ އަތްދަށުވެ، ފާއިތުވި 43 އަހަރު ތެރޭ ބަޔާން މިއުނިކް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ މެޗުގެ ކުރިން ބަޔާން އެންމެ ފަހުން މިހާ ތަފާތު ބޮޑުކޮށް ބަލިވީ 1973 ވަނަ އަހަރު ޖަރުމަނު ލީގުގައި ފޯޗިއުނާ ޑަސެލްޑޯފް އަތުން 7-1 އިންނެވެ.

ގްލަޑްބެކް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 21 މިނިޓް ތެރޭ އެ ޓީމުން ވަނީ ބަޔާން ކޮޅަށް ތިން ގޯލު ޖަހައިފަ އެވެ. ކޮއާޑިއޯ ކޯނޭ މުންޗެންގްލަޑްބެކްގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ ދެ ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން މެޗުގެ 15 އާއި 21 ވަނަ މިނިޓްގައި ގްލަޑްބެކްގެ އިތުރު ދެ ގޯލު ޖެހީ ރެމީ ބެންސަބެއިނީ އެވެ. މީގެއިން އެއް ގޯލަކީ ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަަމަ 13 މިނިޓް ތެރޭ މުންޗެންގްލަޑްބެކުން އިތުރު ދެ ގޯލު ޖެހި އެވެ. މި ދެ ލަނޑު ޖެހީ މުންޗެންގްލަޑްބެކްގެ ސްވިޒަލެންޑް ފޯވާޑް ބްރީލް އެމްބޯލޯ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން މި ވަގުތު ގޭގައި ހުރެ ޓީމުގެ މަސައްކަތް ކުރަމުންދާއިރު، ރޭގެ މެޗުގައި އޭނާގެ އެއްވެސް ޕްލޭނެއް މަސައްކަތް ނުކުރި އެވެ. ބަދަލުތަކެއް ގެނެސްގެން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.

ބަޔާންގެ ތާރީހުގައި އެ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗަކީ 1976 ވަނަ އަހަރު ލީގުގައި ޝާލްކާ އަތުން 7-0 އިން ބަލިވި މެޗެވެ. އެކަމަކު، ރޭ މުންޗެންގްލަޑްބެކް އަތުން ބަލިވި މެޗަކީ ޖަރުމަނު ކަޕްގައި ބަޔާންގެ އެންމެ ދަށް ނަތީޖާ އެވެ. ބަޔާން ވަނީ ޖަރުމަނު ކަޕް 20 ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ހޯދައިފަ އެވެ.