Advertisement

އިގުތިސާދު ކުރިއަރުވަން ފޮރިން އިންވެސްޓްމެންޓުގެ ރޯލު ބޮޑު: ފައްޔާޒު

26 އޮކްޓޯބަރު 2021 - 12:56 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު (ކ) ދުބާއީ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި. -ފޮޓޯ: ރައީސް އޮފީސް


އިގުތިސާދު ކުރިއަރުވަން ފޮރިން އިންވެސްޓްމެންޓުގެ ރޯލު ބޮޑު: ފައްޔާޒު

26 އޮކްޓޯބަރު 2021 - 12:56 0

ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި ފޮރިން އިންވެސްޓްމަންޓު ވަރަށް މުހިންމު ރޯލެއް ކުޅޭ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020 ގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ ރާއްޖެ އަކީ ފޮރިން އިންވެސްޓްމަންޓް ތަކަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ގައުމެއްކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން، ގައުމުގެ ޕްރައިވެޓް ސެކްޓަރު ކުރިއަރުވަން ފޮރިން އިންވެސްޓްމަންޓްތައް އިތުރުކުރުން މުހިންމު ކަމަށް ސަރުކާރުން ގަބޫލުކުރާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މިފަަދަ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭފަދަ ކަންތައްތައް، ބޮޑެތި ޕްރޮޖެކްޓުތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ފަދަ ކަންތައްތައް ރާއްޖެއިން ނުކުރެ އެވެ.

އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ދިނުމަށް ގާނޫނީގޮތުން ބޮޑެތި ބަދަލުތައް ގެންނަން ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.

އެގޮތުން އެންމެ ފަހުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް ބަދަލުގެނަސްފައި ވަނީ ވީހާވެސް ދެފުށްފެންނަ ގޮތަކަށް މިފަދަ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ އަމާޒުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދުބާއީގައި މިއަދު ކުރިއަށްދިޔަ އިންވެސްޓްމަންޓް ފޯރަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި މިނިސްޓަރު ފައްޔާޒު ވަޑައިގެންނެވި މަންޒަރު. -- ފޮޓޯ: ރައީސް އޮފީސް


މިނިސްޓަރު ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އެކްޓް މުރާޖާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވައި މިއީވެސް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ މަގު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ވިދާޅުވެފަ އެވެ.

މިބަދަލުތައް ގެނެވުމުން އިންވެސްޓަރުންނަށް ދެވޭ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއާ މެދު އޮންނަ ޔަގީންކަން އިތުރުވެ މިހާރަށް ވުރެ ފުރިހަމަ ބޮޑުތި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ވެއްޓުނު ވަޅުގަނޑުން އަރައިގަނެވެމުންދާތަން މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، ގައުމުގެ އިގުތިސާދު ކުރިއަރައިގެން ދަނީ ފާހަގަކޮށްލެވޭ ބާރުމިނެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ޓޫރިޒަމުން ރާއްޖޭގެ އިގުތިސާދުގެ ބޮޑު ބައެއް ހިއްސާކުރި ނަމަވެސް އިތުރު އެހެން ސިނާއަތްތައް ފުޅާކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން، މަސްވެރިކަމާ ދަނޑުވެރިކަމުގެ އިތުރުން ދަތުރުފަތުރު އަދި ރިއަލް އެސްޓޭޓް ދާއިރާ އާއި ރިނިއުވަބަލް އެނާޖީ ފަދަ ދާއިރާތަކުގެ އިންވަސްޓްމަންޓްތައް އިތުރުކޮށް މި ސިނާއަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.