Advertisement

ހަތް މަހަށްފަހު ދެ ހަރަމް އާންމު ހާލަތަށް ގެނެސް ހުޅުވާލައިފި

17 އޮކްޓޯބަރު 2021 - 20:44 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ގެފުޅުގައި މިއަދު ޖަމާއަތުގައި ނަމާދު ކުރަނީ: މިސްކިތް ހުޅުވުން ވެގެންދިޔައީ އުފާވެރި މުނާސަބަކަށް -- ފޮޓޯ: ހަރަމައިން


ހަތް މަހަށްފަހު ދެ ހަރަމް އާންމު ހާލަތަށް ގެނެސް ހުޅުވާލައިފި

17 އޮކްޓޯބަރު 2021 - 20:44 0

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލުމަށްފަހު މައްކަ އާއި މަދީނާގެ ހަރަމްފުޅު އާންމު ހާލަތަށް ގެނެސް މިއަދު ހުޅުވާލައިފި އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަރަމް ވެސް ގައި ދުރުކުރުމެއް ނެތި ޖަމާއަތުގެ ނަމާދުތަކަށް ހުޅުވާލާނެ ކަމަށެވެ.

ގައިދުރުކޮށް ނަމާދުކުރުން ނިމުމަކަށް ގެނެސް ހަރަމްފުޅު ހުޅުވާލުމާ އެކު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއަދު ދެ ހަރަމްގައި ވެސް ކުރި ނަމާދުތަކުގެ ޖަމާއަތުގައި ބައިވެރިވެފަ އެވެ.

އެހެންނަމަވެސް މިމަހުގެ ނިޔަލަށް ދެ ހަރަމަށް ވެސް އަޅުކަން ކުރަން އެއްފަހަރާ ވަދެވޭ މީހުންގެ އަދަދު ސައުދީ ސަރުކާރުން ވަނީ ހިފަހައްޓާފައެވެ.

އެގޮތުން ކައުބަތުﷲ ގެފުޅަށް ވަދެވޭނީ ޖުމްލަ 6000 މީހުންނަށް ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އަދި މަސްޖިދުއް ނަބަވީއަށް 15،000 މީހުންނަށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް ސައުދީ ސަރުކާރުން ބުނެފައިވެ އެވެ. އެ ދެ މިސްކިތް ވެސް ފުލްކެޕޭސިޓީ އަށް ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.