Advertisement

މޫސުން ގޯސްވެ ވިލިމާލޭ ފެރީ މެދުކަނޑާލައިފި

16 އޮކްޓޯބަރު 2021 - 20:07 0


މޫސުން ގޯސްވެ ވިލިމާލޭ ފެރީ މެދުކަނޑާލައިފި

16 އޮކްޓޯބަރު 2021 - 20:07 0

މާލޭ ސަރަހައްދަށް އިންތިހާއަށް ވައިގަދަވެ މޫސުން ގޯސްވެފައިވާތީ ވިލިމާލެއާ ދެމެދު ކުރަމުންދާ ފެރީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އެމްޓީސީސީން މިރޭ ބުނި ގޮތުގައި މޫސުން ރަނގަޅު ވަންދެން ފެރީގެ ހިދުމަތް މެދުކަނޑާލާފައި އޮތް ނަމަވެސް, ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ދަތުރު ކުރަން ޖެހިދާނެތީ އެއް ފެރީ ހިދުމަތުގައި ބާއްވާފައިވާ ކަމަށެވެ.

ވިލިމާލެ އާއި މާލެއާ ދެމެދު ފެރީ ދަތުރުކުރާ ރޫޓަކީ ކަނޑުގަދަ ސަރަހައްދެކެވެ.

މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ, ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވާތީ އެވެ.

ސިފައިންނާއި ފުލުހުން ވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.

މިރޭ މާލޭން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގެ ތެރެއިން ކަނޑަށް ވެއްޓުނު އަންހެނަކު މަރުވެ, ކުޑަ ކުއްޖަކު ވަނީ ގެއްލިފަ އެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.