Advertisement

ސަންޗޯ އިންގްލެންޑް ޓީމުގައި އެ ހުރީ ނަސީބު ރަނގަޅުވުމުން: ސައުތުގޭޓް

2 އޮކްޓޯބަރު 2021 - 09:54 0


ސަންޗޯ އިންގްލެންޑް ޓީމުގައި އެ ހުރީ ނަސީބު ރަނގަޅުވުމުން: ސައުތުގޭޓް

2 އޮކްޓޯބަރު 2021 - 09:54 0

ލަންޑަން (އޮކްޓޫބަރު 2) - މި މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް އިންގްލެންޑުން ނެގި ސްކޮޑުގައި މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް ޖޭޑަން ސަންޗޯ ހުރީ އޭނާގެ ނަސީބު ވެސް ގަދަވުމުން ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮރޫޝިއާ ޑޯޓްމަންޑުން ސަންޗޯ ޔުނައިޓެޑަށް ވިއްކާލީ 72 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) އަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ތެރޭގައި ވަކި ކަންތައްތަކެއް ފުރިހަމަ ވެއްޖެނަމަ އިތުރު 20 މިލިއަން ޑޮލަރު ދޭން ޔުނައިޓެޑުން އޮތީ އެއްބަސްވެފަ އެވެ.

ޔުނައިޓެޑާ ގުޅުނު ފަހުން ސަންޗޯ ގިނަ މެޗުތަކުގައި ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޔުނައިޓެޑްގައި ސަންޗޯގެ އެންމެ މޮޅު ކުޅުން ނުދެއްކުނަސް މި މަހު އެންޑޯރާ އާއި ހަންގޭރީއާ ކުޅޭ މެޗުތަކަށް ނެގި އިންގްލެންޑްގެ 23 ކުޅުންތެރިންގެ ސްކޮޑުގައި ސަންޗޯ ވެސް ހިމެނެ އެވެ.

"ސުވާލު އުފެއްދިދާނެ މިހާރު ސަންޗޯ ދައްކާ ކުޅުމުން އޭނާ އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގުތޯ. އަހަރެން ގަބޫލުކުރާގޮތުގައި ހައްގެއް ނޫން. އެކަމަކު، އޭނަ އަށް ގައުމީ ޓީމުން ވަރަށް ވަގުތު އިންވެސްޓް ކޮށްފިން، އެ ގޮތަށް ބަލާފައި ދިން ފުރުސަތެއް. އެކަމަކު އަބަދަކު ލިބޭނެ ވެސް ފުރުސަތެއް ނޫން،" ސައުތުގޭޓް ބުންޏެވެ.

މި ވަގުތު ސަންޗޯ އަށް މުހިއްމީ ރަނގަޅަށް ފޯކަސް ކޮށްގެން ވީ އެންމެ ބޮޑަށް އިނގިރޭސި ކްލަބް ފުޓްބޯޅަ އަށް ހޭނެން މަސައްކަތްކުރުން ކަަމަށް ސައުތުގޭޓް ބުންޏެވެ.

ސަންޗޯއާ މެދު ހާއްސަ ގޮތަކަށް އަަމަލު ކުރަނީތޯ ކުރި ސުވާލަށް ސައުތުގޭޓް ބުނީ އެއީ ހަގީގަތެއް ނޫން ކަމަށާއި ކުޅުންތެރިއަކަށް ފުރުސަތު ދީގެން ނެގި ޗެލެންޖްތަކުގައި މިހާތަނަށް ދިމާވެފައި ހުރީ ރަނގަޅަށް ކަމަށެވެ.

ކުރިން ސިޓީގެ އެކެޑަމީން ފެނުނު ސަންޗޯ މި ފަހަރު ޔުނައިޓެޑާ ގުޅުމަށް ފަހު ވަނީ އެ ޓީމަށް ފަސް މެޗު ކުޅެދީފަ އެެވެ. އަދި ލަނޑެއް ޖެހޭގޮތެއް ނުވެ އެވެ.