Advertisement

ރިޝްމީ އަށް އަނެއްކާވެސް ބައިނަލްއަގުވާމީ އެވޯޑެއް

24 ސެޕްޓެންބަރު 2021 - 06:43 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ފޮޓޯ--ޓްވިޓާ


ރިޝްމީ އަށް އަނެއްކާވެސް ބައިނަލްއަގުވާމީ އެވޯޑެއް

24 ސެޕްޓެންބަރު 2021 - 06:43 0

ފިލްމީ ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އާއިޝަތު ރިޝްމީ ރަމީޒަށް އަނެއްކާވެސް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ. މިފަހަރު ރިޝްމީ އަށް ލިބުނީ ޑރ. ސަރޯޖިނީ ނައިޑޫ "ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ" ދި އެވޯޑްސް ފޯ ވޯކިން ވިމެންގެ އޯވެޑެވެ.

މީގެ ފަސް އަހަރު ކުރިން ދޭންފެށި މި އެވޯޑަކީ މަސައްކަތު މާހައުލުގައި އަންހެނުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މުޅި ދުނިޔެއަށް ހުޅުވާލެވިގެން ހޮވާލެވޭ 100 އަންހެނުންނަށް ދޭ އެވޯޑެކެވެ.

ރިޝްމީ އަށް ލިބުނު އެވޯޑުގެ ފޮޓޯއެއް-- ފޮޓޯ:ފޭސްބުކް


މި ކާމިޔާބީއާ ގުޅިގެން އާޓްސް އެންޑް ކަލްޗާ މިނިސްޓަރު، ޔުމްނާ މައުމޫންވެސް ވަނީ ރިޝްމީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭޝިއަން އެކަޑަމީ އޮފް އާޓްސް އިން ދޭ މި އެވޯޑް މިއަހަރު ހަވާލުކޮށްފައިވަނީ މިމަހުގެ 14 އިން 16 އަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ "ސެވަންތް ގްލޯބަލް ލިޓްރަރީ ފެސްޓިވަލް" ގަ އެވެ.

އެވޯޑު ލިބުމާ ގުޅިގެން ރިޝްމީކޮށްފައިވާ ޕޯސްޓެއްގައި އޭނާވަނީ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް އަށާއި އަދި ހާޢްސަކޮށް ކުރީގެ މަގްބޫލު އެކްޓަރު/ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އަށް ޝުކުރު އަދާކޮށްފަ އެވެ.

ރިޝްމީއާ އެކު މިފަހަރުގެ އެވޯޑަށް މުޅި ދުނިޔެއިން 7000 މީހުން ވަނީ ކުރިމަތިލާފަ އެވެ. މީގެ ކުރިން ރިޝްމީއަށް ވަނީ ސާކް ފިލްމް ފެސްޓިވަލްގައި 'ވިޝްކާ' ގައި އޭނާ ކުޅެފައިވާ ރޯލަށް ބެސްޓް އެކްޓްރެސްގެ މަގާމުވެސް ލިބިފަ އެވެ. 'ވިޝްކާ' އަކީ ރިޝްމީ ފްރޮޑިއުސްކޮށްފައިވާ ފިލްމަކަށްވާއިރު ނުވަ ވަނަ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ އެވޯޑާއި އަދި އެންމެ މޮޅު ބަތަލާގެ އެވޯޑްވެސް ލިބިފައިވަނީ މި ފިލްމަށެވެ.