Advertisement

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓު ފައިނޭންސް: މިހާރު ނަގުދު ފައިސާ ވެސް ލިބޭ

22 ސެޕްޓެންބަރު 2021 - 06:35 0

އަމަން ހަލީމް

އ

Advertisement

ބީއެމްއެލް އިސްލާމިކްގެ އޭޓީއެމް ސެންޓަރެއް: ބީއެމްއެލް އިސްލާމިކަކީ ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިން ޑިވިޝަން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓު ފައިނޭންސް: މިހާރު ނަގުދު ފައިސާ ވެސް ލިބޭ

22 ސެޕްޓެންބަރު 2021 - 06:35 0

Advertisement

ސަރުކާރުން ހިންގާ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ލިބިފައިވާ ފްލެޓްތަކުގެ ފިނިޝިންއަށާއި މަރާމާތަށް ބީއެމްއެލް އިސްލާމިކްއިން ދޫކުރާ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އިން ނަގުދު ފައިސާ ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވަމަންޓް ފައިނޭންސިން އަކީ ރަހުނަކާ ނުލާ، 150،000ރ. އާ ހަމަަޔަށް ފައިނޭންސިން ލިބޭ ފެސިލިޓީއެކެވެ. މާލެ އާއި އަތޮޅުތެރެއިން ސޯޝަލް ހައުސިން ލިބުނު މީހުންނަށް ވެސް ބައިވެރިވެވޭ މި ފެސިލިޓީ ނަގާ މީހުންނަށް ފައިސާ އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

Advertisement

މީގެ އިތުރުން އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބީއެމްއެލް އިސްލާމިކްއިން މައުލޫމާތު ދެ އެވެ.

މިހާރު ދެ މީހުން ވެގެން ބީއެމްއެލްގެ ހައުސިން ލޯނަށް އެދެވޭ

ބީއެމްއެލްއިން ލޯނު ޝަރުތުތަކަށް ގެނައި ބަދަލުގެ ސަބަބުން އާއިލީ ގުޅުން އޮންނަ ދެ މީހަކު ގުޅިގެން ލޯނަށް އެދި ހުށައެޅޭނެ. އޭރުން ލޯނު ނުވަތަ ފައިނޭންސިން ދޫކުރާއިރު ބަލާނީ ދެ މީހުންގެ އާމްދަނީ އެއްކޮށްލައިގެން.

މިހާރު ދެ މީހުން ވެގެން ބީއެމްއެލްގެ ހައުސިން ލޯނަށް އެދެވޭ

ބީއެމްއެލްއިން ލޯނު ޝަރުތުތަކަށް ގެނައި ބަދަލުގެ ސަބަބުން އާއިލީ ގުޅުން އޮންނަ ދެ މީހަކު ގުޅިގެން ލޯނަށް އެދި ހުށައެޅޭނެ. އޭރުން ލޯނު ނުވަތަ ފައިނޭންސިން ދޫކުރާއިރު ބަލާނީ ދެ މީހުންގެ އާމްދަނީ އެއްކޮށްލައިގެން.

Advertisement

މި ފެސިލިޓީ ކުރިން އޮތް ގޮތުން، ލިބެނީ ހަމައެކަނި މުދަލެވެ. އެކަމަކު ފެސިލިޓީގެ ތެރެއިން ނަގުދު ފައިސާ ލިބޭ ގޮތަށް ހަމަޖެހުމާއެކު، ބީއެމްއެލްގެ ކަސްޓަމަރުންނަށް މިވަނީ ފްލެޓު ނޫނީ އެޕާޓްމަންޓުގެ މަސައްކަތްތައް ނިންމަން އިތުރު ފަސޭހަތަކެއް ލިބިފަ އެވެ.

"އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރަން ނުޖެހި މުދަލާއި ނަގުދު ފައިސާ ވެސް ލިބޭނެ. ހަމައެއާއެކު ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތުވެސް ކަސްޓަމަރުންނަށް މިވަނީ ހުޅުވާލެވިފަ." ބީއެމްއެލް އިސްލާމިކް ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވަމަންޓް ފެސިލިޓީއަށް އެދި، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލޭންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.