Advertisement

ހައިބްރިޑްކޮށް ބާއްވާ ޓީޓީއެމް ފެއާގެ ރެޖިސްޓްރޭޝަން ހުޅުވާލައިފި

14 ސެޕްޓެންބަރު 2021 - 13:33 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މީގެ ކުރިން ބޭއްވުނު ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާއެއް. -- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް


ހައިބްރިޑްކޮށް ބާއްވާ ޓީޓީއެމް ފެއާގެ ރެޖިސްޓްރޭޝަން ހުޅުވާލައިފި

14 ސެޕްޓެންބަރު 2021 - 13:33 0

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާ ގައި ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ މި އަހަރު ތާވާލުކޮށްފައި ވަނީ ނޮވެމްބަރު 28 އިން 30 އަށެވެ. މިއީ މި ފެއާ ބާއްވާ ފަސް ވަނަ އަހަރެވެ.

މި އަަހަރުގެ ޓީޓީއެމް ފެއާ ގައި ބައިވެރިވާން ބޭނުން ނަމަ ރެޖިސްޓާވުމަށް ހުޅުުވާލާފައި ވަނީ އޮކްޓޫބަރު 15 ގެ ނިޔަލަށެވެ. މިފަހަރުގެ ފެއާ ގައި ޓީޓީއެމް ކަނެކްޓް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ރެޖިސްޓާވެވޭނެ އެވެ.

މި ޕޯޓަލް ގައި ޕްރޮފައިލް އަޕްޑޭޓްކޮށް، ވާޗުއަލް ނެޓްވޯކިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެއްބަޔަކު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ޓީޓީއެމް ކަނެކްޓް ޕޯޓަލުން މަގުފަހިކޮށްދެ އެވެ.

މި އަހަރުގެ ޓީޓީއެމް ފެއާ ހައިބްރިޑް އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަަށް ނިންމާފައިވާއިރު، ފެއާގައި ފިޒިކަލް ބައްދަލުވުންތަކާއި، ވާޗުއަލް ހަރަކާތްތައް ކުރިއަށްދާނެ އެވެ.

މެޓްޑެކް މޯލްޑިވްސް މެދުވެރިކޮށް، ފެއާ ގައި ބައިވެރިވާ ހުރިހާ އެންމެން ކޮވިޑް-19ށް ޓެސްޓު ކުރަން ނިންމާފައިވާއިރު، ފިޒިކަލް އިވެންޓުތައް ބާއްވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ފެއާ އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.

މި އަހަރުގެ ފެއާ ގައި 150 ޕްރޮޕަޓީ ޝޯކޭސް ކުރާ އިރު، ތަފާތު 30 މާކެޓަކުން 200 އެއްހާ ޓްރެވެލް ޓްރޭޑް ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.