ރިނބިދޫގައި ފިލްމެއް ކުޅެލަން ސަޅި ފުރުސަތެއް!

ރިނބިދޫގައި ފިލްމެއް ކުޅެލަން ސަޅި ފުރުސަތެއް!

ފިލްމު ކުޅެލާ، ރީތި ރަށެއްގައި ތަފާތު ތަޖުރިބާއެއް ކޮށްލުމަކީ ހަމަގައިމުވެސް ގިނަ ބަޔަކު އެދިއެދި ތިބޭނޭ ފުރުސަތެކެވެ. މިފަހަރު މިއޮތީ އެ ނަސީބު އައިސް ދޮރުގައި ޓަކިވެސް ޖަހާފަ އެވެ. މޮވަނު ޝަފީގް ލިޔެ އަދި ޑައިރެކްޓް ކުރާ "ފަޅު" ފިލްމުގެ ކާސްޓިން ކޯލް ވަނީ މިހާރު ވަނީ ހުޅުވާލާފަ އެވެ.

"ވިޝްކާ" އަދި "ފަރީ" ފަދަ ފިލްމުތައް ގެނެސްދީފައިވާ މަދޮށިޕް އާއެކު ފިލްމީ ދާއިރާއަށް މުޅީން އަލަށް ތައާރަފްވާ މޮވަނު މިވަނީ "ފަޅު" ފިލްމުގެ ޖުމްލަ 6 ރޯލަކަށް ކާސްޓުން ހޯދުމަށް އިއުލާނު ކޮށްފަ އެވެ. އުމުރުން އަދި އެންމެ 22 އަހަރުގެ މޮވަނު އަކީ އިނގިރޭސި ވިލާތުން ފިލްމް ޕްރޮޑަކްޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ޒުވާނެކެވެ.

އޭނާ ބުނާގޮތުން ކުރު ފިލްމެއްގެ ގޮތުގައި ތައްޔާރު ކުރާ "ފަޅު" މިއީ ޒުވާން ދެ އެކުވެރިންގެ ހަޔާތުގައި ހިނގައިދާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ.

Advertisement

ދ. ރިނބިދޫގައި ފިލްމު ޝޫޓްކުރަން ހަމަޖެހިފައިވާއިރު މި ލޮކޭޝަނަކީ މޮވަނު އާއި އޭނާގެ އަލަތު ފިލްމަށްވެސް ހާއްސަ ލޮކޭޝަނެކެވެ.

"ރިނބިދޫ އެއީ މޯގެ މާމަގެ ރަށް. ސްކޫލްގައި އުޅުނުއިރުވެސް ގިނަ ޗުއްޓީތަކަށް މަންމަ އަބަދުވެސް ގެންދާނީ ރިނބިދޫ އަށް. ކުޑައިރުގެ ވަރަށް ގިނަ ހަނދާންތަކާއި ގުޅިފައި އޮތް ރަށެއް އެއީ. ބައިސްކަލު ދުއްވުމާއި ފެތުމާއި މި ހުރިހާ ކަމެއްގެ ހަނދާންތައްވެސް ހުންނަނީ ރިނބިދޫ އާއި ގުޅިފައި. ދެން ފަޅުވެސް ލިޔުނީ އެ ހަނދާންތަކާ ވެސް އެކީގައި" މޯ ބުންޏެވެ.

ފިލްމުގެ ކާސްޓިން ކޯލް އަށް މިހާތަނަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި މަހުގެ 10 ވަނަ ދުވަހާއި ހިސާބަށް ވަނީ ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ. ފިލްމްގެ ޝޫޓިން ޝެޑިއުލް ކޮށްފައިވަނީ އޮކްޓޯބަރު މަހަށެވެ.

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox