Advertisement

"ގިރިދަ" އިން ތައާރަފުވާ އާ މޫނު "ޝިމް"

4 ސެޕްޓެންބަރު 2021 - 06:57 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


"ގިރިދަ" އިން ތައާރަފުވާ އާ މޫނު "ޝިމް"

4 ސެޕްޓެންބަރު 2021 - 06:57 0

ފަހަކަށް އައިސް ފިލްމީ ދާއިރާއާ ގުޅޭ ޒުވާން އާ މޫނުތައް މިދަނީ އިތުރުވަމުންނެވެ. އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވާ "ގިރިދަ" ވެބް ސީރީޒް އިން އަހަރެމެންނާއި މުޅީން އަލަށް ބައްދަލުކުރަން ތައްޔާރުވެފައިވާ އެއް މޫނަކީ މަރިޔަމް ޝިމާ (ޝިމް) އެވެ.

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކުރާ "ގިރިދަ" އަކީ ސިޓްކޮމް އާއި ކޮމެޑީ ސްޓައިލްގެ ވެބް ސީރީޒެކެވެ.

ޝިމް ބުނީ ފިލްމީ ދާއިރާއަށް ވަނުމުގެ ފުރުސަތު އޭނާ އަށް ލިބުނީ އަލީ އުސާމް (ދޮނާ) ގެ ފަރާތުން ކަމަށެވެ. އަދި އޮޑިޝަންއަކާއި ނުލާ ޔޫއްޕެ އޭނާއަށް ކުރި އިތުބާރަކީވެސް ރަނގަޅު ޕާފޯމަންސްއެއް ދެއްކުމަށް ލިބުނު އިތުރު ހިތްވަރެކެވެ.

މީގެ ކުރިން ފިލްމީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ޝިމް ބުނީ އޭނާ އަކީ މިހާތަނަށް ހަމައެކަނި "ބާތް ރޫމް އެކްޓާ" އެއް ކަމަށެވެ.

"އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް މިއީ. ދެން ތިބެއެއްނު ދޯ ބާތު ރޫމް ސިންގާސް. އެގޮތަށް އަހަރެން މީ ބާތްރޫމް އެކްޓަރެއް،" ހިނި ގަނޑަކާއެކު ޝިމް ބުންޏެވެ.

ގިރިދައިގައި އަދާކުރާ ރޯލާއި ބެހޭ ގޮތުން މާ ބޮޑު ތަފްސީލަކަށް ދާން އަދި މާ އަވަސް އޭނާ ދެކެއެވެ. އެހެން ނަމަވެސް ސީރީޒްގައި ކުރެވުނު މަސައްކަތާއި މެދު ޖުމްލަ ގޮތެއްގައި ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ.

"ވަރަށް ބިރުގަތް ފުރަތަމަ. މީގައި ދެން އުޅެނީ ހުސް ވެސް ޕްރޮފެޝަނަލީ މިކަން ކުރާ މީހުން. އެކަމަކު ޝޫޓިން އަށް އެންމެންނާއި ދިމާވީމަ އެއްކޮށް އޯކޭ ވެއްޖެ. އާ ކުއްޖެއް ވީމަ ޝޫޓިން ތެރޭގައިވެސް ވަރަށް ބޮޑަށް އެންމެންގެ ހެލްޕްވެސް ލިބުނު. ސީންއެއް ނިންމާފައިވެސް އެ ޝޮޓްގެ މައްސަލައެއް އުޅެންޏާ ގޯސްކޮށް ދިޔަ ތަންކޮޅު ފާހަގަކޮށް ރަނގަޅުކޮށްލަންވީ ގޮތްވެސް ހަމަ ވަރަށް ފަސޭހައިން ކިޔައިދޭ. މިހާރު ހަމަ ފެމިލީއެއް ހެން ހީވަނީ އެއީވެސް،" ޝިމް ބުންޏެވެ.

މިވަގުތު ރަސްމީ ވަޒީފާއެއްވެސް ޝިމް އަދާކުރަމުން ދާއިރު ފިލްމީ މަސައްކަތްތައް އޭނާ އަދި ކުރަން ގަސްތު ކުރަނީ ހޮބީއެއްގެ ގޮތުގައެވެ.

"ގިރިދަ" ރިލީޒްކުރެވިގެންދާނީ ސެޕްޓެމްބަރު 7 ގައި މީޑިއާނެޓް މަލްޓިސްކްރީނުންނެވެ.